ޖޭއެސްސީގެ މެންބަރުކަމަށް އުއްމުކުލްޘޫމް އައްޔަން ކުރައްވައިފި!

Loading

Facebook
Twitter
WhatsApp
maldives news

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޑޫ އަތޮޅު މަރަދޫ، މޫންލައިޓް ހައުސް، އާމިނަތު އުއްމުކުލްސޫމް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އައްޔަން ކުރައްވައިފިއެވެ.

ޖޭއެސްސީގެ މެންބަރުކަމާ ޙަވާލުވުމުގެ ކުރިން، މެންބަރުކަމުގެ ހުވައި އެކަމަނާވާނީ ރައީސުލް ޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އޮނަރަބަލް އަލްއުސްތާޒް މަޙާޒު އަލީ ޒާހިރެވެ. މިރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން، ރައީސުލް ޖުމްހޫރިއްޔާވަނީ އެކަމަނާއާއި ހަވާލު ކުރައްވައިފައެވެ.

އާމިނަތު އުއްމު ކުލްޘޫމް މާސްޓަރސް ޑިގްރީ ޙާސިލުކުރައްވާފައިވަނީ ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިންނެވެ. އެސަނަދު ނެންގެވީ އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީ އިންނެވެ. އެކަމަނާ އެންމެ ފަހުން ހުންނެވީ ނެޝަނަލް ސެންޓަރ ފޯރ ދަ އާޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް