އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެފައިވާ އަދީބާއި ޒިޔަތު މިނިވަންވެއްޖެ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު މިނިވަންވެއްޖެއެވެ. އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް ދިނީ ޕެރޯލް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެގޮތުން ކްލެމެންސީ ޤާނޫނުގެ ދަށުން އަދަބު ލުއި ކޮށްދެއްވުމުން އެ ދެބޭފުޅުން ވަނީ މިހާރު މިނިވަން ވެފައެވެ.   އެ ދެބޭފުޅުންގެ އަދަބު ލުއި ކޮށްދެއްވާފައި […]

މަޖިލީހުގެ ރައީސްގެ މަޤާމަށް އާޒިމް އާއި އަސްލަމް ކުރިމަތި ލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ޕީޖީ ލީޑަރު މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި އެމްޑީޕީގެ ފަރާތުން ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކުރިމަތި ލައްވައިފިއެވެ. މަޖިލީހުގެ ރައީސް ކަމަށް އާޒިމް އާއި އަސްލަމް ކުރިމަތި ލައްވާފައި މިވަނީ އެ މަޤާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ އިދާރާ އިން […]

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިސްތިއުފާ ދެއްވައިފި 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ މަޤާމުން .އިސްތިއުފާ ދެއްވައިފިއެވެ މިކަން ހާމަކުރައްވާ މިއަދު 16:00 ގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެޖެންޑާކުރި ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ޖަލްސާގެ އެޖެންޑާގައި އޮތީ ރައީސް ނަޝީދު މަޤާމުން ވަކި ކުރުމުގެ މައްސަލަކަމަށެވެ.  ނަމަވެސް ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.  އެހެންކަމުން […]

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެފައިވާ އަދީބާއި ޒިޔަތު މިނިވަން ވެއްޖެ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިނިވަންވެއްޖެއެވެ.  އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް ދިނީ ޕެރޯލް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެގޮތުން ކްލެމެންސީ ޤާނޫނުގެ ދަށުން އަދަބު ލުއި ކޮށްދެއްވުމުން އެ ދެބޭފުޅުން ވަނީ މިހާރު މިނިވަން ވެފައެވެ.   އެ ދެބޭފުޅުންގެ އަދަބު ލުއި […]

އެލާގޯ ބްރޭންޑްގެ ސެޓްރިޒިންގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފި

ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުން ކުރާ އެލާގޯ ބްރޭންޑްގެ ސެޓްރިޒިންގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ. އެމްއެފްޑީއޭން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މި ބޭހުގައި ކެމިކަލް މާއްދާއެއް ކަމައްވާ ޑައީއިތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) ހިމެނޭތޯ ކަށަވަރު ކުރުމަށް، މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓޮރީ […]

ސަރުކާރުގެ އަމާޒަކަށް ވާނީ ވައުދުތައް ފުއްދުން: ޑރ.މުޢިއްޒު

އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ވާނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުން ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއިން މިއަދު ގެނެސްދިން “ދިވެހިންގެ ރާއްޖެ“ ޕްރޮގްރާމުގައި ޑރ.މުޢިއްޒު ވިދާޅުވީ އެ މަނިކުފާނު ގާއިމު ކުރައްވާ ސަރުކާރު ވެގެންދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނަށްޓަކައި ޚިދުމަތްކުރާ ސަރުކާރަކަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރަކީ ކޮރަޕްޝަން ނެތް، ސާފު ސަރުކާރަކަށް ހެދުމަކީ ވަރަށް މުހިންމު އަމާޒެއް ކަމަށާއި, އެގޮތުން ކެބިނެޓްގެ މެމްބަރެއް ވިޔަސް، އެމްޑީއެއް ވިޔަސް ކޮރަޕްޝަނަކަށް ފުރުސަތެއް […]

ކުއްޖަކަށް އަނިޔާ ކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް

ކުޑަ ކުއްޖަކަށް އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިއާގެ މެއިޑުގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ. ކުޑަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައިގައި އިންޑިއާގެ އުމުރުން 22 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މާލެއިންނެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން އިއްޔެ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް އިތުރު 15 ދުވަސް […]

އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް ނަޝީދު ގޮވާލައްވައިފި

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ. ރައީސް ނަޝީދު މިގޮތަށް ގޮވާލެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ނަޝީދު ވަނީ ނަސްލު ނައްތައިލަން، އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލާ މިހާރުން މިހާރަށް ހަމަލާތައް ދިނުން ހުއްޓާލަން ގޮވާލައްވައިފައެވެ. ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ މުޅި ދުނިޔެ ދެކޮޅުކަން ވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. […]

ޑިމޮކްރެޓުންގެ ކިބައިން ފެނިގެންދަނީ ޚިޔާނާތްތެރިކަމާއި ސުލޫކެއް ނެތްކަން: ޝަރީފް

ޑިމޮކްރެޓުންގެ ކިބައިން ފެނިގެންދަނީ ޚިޔާނާތްތެރިކަމާއި އަހުލާގެއް ނެތްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. އެމްޑީޕީއަށް އަމާޒުވަމުންދާ ފާޑުކިޔުން ތަކަށް ރައްދު ދެއްވައި, ސަންގުޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައި ޝަރީފް ވިދާޅުވީ މިއަދު ފެންނަމުން ދަނީ އެބަޔަކާ ދެކޮޅަށް މުޅި ސިޔާސީ ހަޔާތް ބިނާކުރުމަށްފަހު ޑިމޮކްރެޓުން އެ މީހުންގެ ފަހަތުން ސަލާން ޖަހަމުންދާ މަންޒަރު ކަމަށެވެ. ހަމަ އެހެންމެ ޑިމޮކްރެޓުންގެ ކިބައިން ފެނިގެންދަނީ ޚިޔާނާތްތެރިކަމާއި ސުލޫކެއް ނެތްކަން ކަމަށެވެ. ޝަރީފް ވިދާޅުވީ […]

ހުމާއި، ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހެއްގައި ކެމިކަލް މާއްދާއެއް ހިމެނޭތީ ބޭނުން ކުރުން މަނާކޮށްފި

ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހެއްގައި ކެމިކަލް މާއްދާއެއް ހިމެނޭތީ އެ ބޭސް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ, ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ”ޑައިތްލީން ގްލައިކޯލް“ އަދި ”އިތައިލީން ގްލައިކޯލް“ ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު […]