Skip to content
ދުނިޔެ

ކުރިން ހާމަ ކޮށްފައިނުވާ ޚާމަނާއީގެ ކާފަ ދަރިކަނބަލެއްގެ ފޮޓޯ ހާމަ ކޮށްފި

ފާފު ޒަވިޔަނިފާފު ޒަވިޔަނި

އީރާން ހަނގުރާމަ ފެށުނު ދުވަހު އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާއިރު، އާއިލާގެ އެތައް މެމްބަރުންނެއްވެސް ވަނީ އެދުވަހު އަވަހާރަވެފައެވެ. އެދުވަހު އަވަހާރަވި އެއްބޭފުޅަކީ ޚާމަނާއީގެ ދޮޅު އަހަރުގެ ކާފަ ދަރިކަނބަލެއްކަމަށްވާ ޒަހްރާ މުހައްމަދީއެވެ.


އީރާންގެ ސްޓޭޓް މީޑިޔާއިން މިދިޔަ ހުކުރު ދުވަހުވަނީ ތުއްޕުޅު ޒަހްރާ އަދި ޚާމަނާއީގެ ކުރިން ނުފެންނަ ފޮޓޯއެއް ހާމަ ކޮށްފައެވެ. ހުކުރު ދުވަހު ފާހަގަކުރި ވަރލްޑް ޗިލްރަންސްޑޭ ގެ މުނާސަބަތުގައި ޚާމަނާއީގެ އޮފިޝަލް ވެބްސައިޓްގައި ހާމަކުރި ފޮޓޯ ގައި ފެންނަނީ ތުއްޕުޅު ޒަހްރާ، ޚާމަނާއީގެ އުނގުގައި އިންނަވަނިކޮށެވެ.
އީރާނަށް ފުރަތަމަ ހަމަލާދިން އިރު ޒަހްރާ ގެ އުމުރުފުޅުން އެންމެ 14 މަސް ކަމަށް ވެއެވެ.
އެހަމަލާގައި ޒަހްރާ ގެ މަންމާފުޅުވެސް ވަނީ އަވަހާރަވެފައެވެ.ފޮޓޯ އާއި އެކުގައިވާ ކެޕްޝަންގައި އިނގިރޭސި ބަހުން ލިޔެފައިވާ ގޮތުގައި އެފޮޓޯ އަކީ ޝަހީދު ކޮށް ލެވުނު ލީޑަރ އަދި އޭނާގެ ކާފަ ދަރިކަނބަލުން ޝަހީދު ޒަހްރާ މުހައްމަދީ ގެ މީގެ ކުރިން ހާމަކޮށްފައިނުވާ ފޮޓޯއެކެވެ. އަދި ދެބޭފުޅުން އަވަހާރަވެފައިވަނީ ޓެރަރިސްޓް އެމެރިކާ އާއި ”ހަރާމް“ ޒަޔަނިސްޓް ރެޖީމް ގުޅިގެން އީރާންގެ ރައްޔިތުންނާއި ދެކޮޅަށް ފެށި ރަހުމެއްނެތް ޖިނާއީ ހަމަލާތަކުގައި ކަމަށް ބުނެފައި ވެއެވެ.
ޒަހްރާ ގެ ޖަނާޒާ ކުރިޔަށް ދިޔައިރު ކުޑަކުޑަ ސަންދޯއްފެނި ދުނިޔޭގެ ސަމާލުކަން އެކަމަށް ގެނުވައި، ގިނަ ބަޔަކު ހިތާމަ ކޮށްފައި ވެއެވެ.
30 އަހަރުވަންދެން އީރާންގެ ސުޕްރީމް ލީޑަރުގެ ގޮތުގައި ހުންނެވި އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެން އީރާނުގައި 40 ދުވަހު ގައުމީފެންވަރުގައި ހިތާމަ ފާޅުކުރުން އިއުލާން ކޮށްފައި ވެއެވެ. ޚާމަނާއީ އަވަހާރަވި ހަމަލާގައި އީރާނުގެ މިލިޓަރީ އަދި ސެކިއުރިޓީ ދާއިރާގެ އެތައް އިސް ފަރާތެއްވެސް މަރުވެފައި ވެއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply