މުޢިއްޒު ހުވާކުރެއްވުން: އިސްލާމީ މަރުކަޒުގެ ދެކުނާއި އިރުމަތި ފަޅި ބޭނުން ކުރަން އެދިއްޖެ

މި މަހުގެ 17 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒަށް ޢަޞްރު ނަމާދަށާއި މަޣުރިބު ނަމާދަށްދާ މީހުން މިސްކިތުގެ ދެކުނާއި އިރުމަތީ ފަޅި ބޭނުން ކުރަން އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ. އިސްލާމިކް މިނިސްޓްރީން މިގޮތަށް އެދިފައި ވަނީ އެ ދުވަހު އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާތީއެވެ. އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މުޢިއްޒު ހުވާކުރައްވާ ދުވަހު އިސްލާމީ މަރުކަޒަށް ޢަޞްރު ނަމާދަށާއި މަޣުރިބު ނަމާދަށްދާ މީހުން ބޭނުންކުރާނީ އެ މަރުކަޒުގެ ދެކުނު […]
ފެލިދޫ ކައުންސިލްގެ ނިންމުން ބާތިލުކުރަން އެޗްއާރްސީއެމުން އަންގައިފި

ވ.ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންގެ އަނބިންނާއި ފިރިންނާއި ދަރިންނަށް ޚިދުމަތް ނުދޭން އެ ކައުންސިލުން ނިންމި ނިންމުން ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ކައުންސިލަށް އަންގައިފިއެވެ. އެޗްއާރްސީއެމުން ފެލިދޫ ކައުންސިލަށް މި އެންގުން އަންގާފައި މިވަނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެ އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ، އެ މީހުންގެ […]
އެމްޕީއެލްގެ މުވައްޒަފުންނަށް 4 ހަފްތާގެ ތަމްރީންތަކެއް ގިރިފުށީގައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން 4 ހަފްތާގެ ތަމްރީންތަކެއް ގިރިފުށީގައި މިއަދު ފަށައިފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ ސީ ޕޯޓް ސެކިޔުރިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓަރގައި ހަރުދަނާ ސެކިޔުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ތަމްރީނު ޕްރޮގްރާމްގައި އެ ކުންފުނީގެ 20 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މި […]
ހުރިހާ ރައްޔިތުންގެ ހައްޤުތައް ކަށަވަރުވާނޭހެން ނިންމުންތައް ނިންމަން ކައުންސިލްތަކަށް އިލްތިމާސްކޮށްފި

ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ހުރިހާ ރައްޔިތުންގެ ހައްޤުތައްވެސް ކަށަވަރު ވާނޭހެން ނިންމާ ނިންމުން ތަކަކަށް ހެދުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެލްޖީއޭއިން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ވ.ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ފިރިން އަދި ދަރިންނަށް ކައުންސިލުން އެއްވެސް ޚިދުމަތެއް ނުދިނުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދައުރު ވަމުންދިޔަ ޚަބަރާ ގުޅިގެން ހުރިހާ ކައުންސިލްތަކަށް އަމާޒުކޮށް ނެރުނު ބަޔާނެއްގައެވެ. އެލްޖީއޭއިން ބުނީ އެކިއެކި […]
“ޕާޓީ ކުދިން“ ނާއި, ވެރިންގެ އާއިލާ މީހުން ހިމެނޭ ފުލެޓްގެ ދާއިމީ ލިސްޓް އާންމުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ. އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 […]
އައިއޭސީން ދިވެހިންގެ ނަމުގައި ޣައްޒާއަށް 20،000 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފި

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ދިވެހީންގެ ނަމުގައި ޣައްޒާގެ އަލް އަޤްޞާ މާޓިޔާރސް ހޮސްޕިޓަލަށް 20،000 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފިއެވެ. މިކަން ހާމަކޮށް އައިއޭސީން ބުނީ ދިވެހި ރައްޔިތުންގެ އެހީގައި މިއަދު ޣައްޒާގެ އަލް އަޤްޞާ މާޓިޔާރސް ހޮސްޕިޓަލަށް 20،000 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފައިވާ ކަމަށެވެ. ޔަހޫދީންގެ އަނިޔާތައް ކިތަންމެ ވަރަކަށް ދިން ނަމަވެސް އައިއޭސީން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާނުލާނެ ކަމަށް ވެސް އައިއޭސީން ބުނެފައި ވެއެވެ. ހަމަ އެހެންމެ ބޮން އަޅާތީ ބިރުން ޣައްޒާގެ ރައްޔިތުނަށް […]
މަޖިލިސް 20: ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ޖެނުއަރީ 20 ގައި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ކޯލިޝަނުން ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސާފައިވާކަން ހާމަކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށެވެ. އެގޮތުން ޖެނުއަރީމަހުގެ 20 ވަނަ […]
ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރައީސް ނަޝީދުގެ މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލާގައި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ. އެގޮތުން މި މަހުގެ ހައެއް ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި އެ މައްސަލަ ބާއްވަން ޝެޑިއުލްކޮށް މިހާރު ވަނީ އެ އަޑެހުމަށް ޗިޓް ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާ ކަމަށް […]
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 22.9 މިލިއަން ރުފިޔާ ޚަރަދު ކުރަނީ

އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރުމަށް 22.9 މިލިއަން ރުފިޔާއަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ހަވާލުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ޑރ.މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ޓެންޑާ ބޯޑުން 22.9 މިލިއަން ރުފިޔާއަށް ސިފްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ. އިންތިޚާބީ ރައީސްއާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު (ސެމްބެ) ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހަވީރުއެވެ. […]
ހުޅުދޫއާއި މިލަންދޫގައި މިސްކިތް ބިނާ ކުރުމަށް އެލް.އެފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުދޫއާއި ށ. މިލަންދޫގައި މިސްކިތް ބިނާ ކުރުމަށް އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހުޅުދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަގަކީ 17.4 މިލިޔަން ރުފިޔާ ކަމަށެވެ. މީގެ އިތުރުން މިލަންދޫގައި ބިނާކުރަނީ 700 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި އެ މިސްކިތުގެ އަގަކީ 15.1 މިލިޔަން ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކުރާ […]