ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭގައި ހިންގި ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ  ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު ފަހެއް ޖަހާކަން ހާއިރު ކަމަށެވެ.

މި މާރާމާރީ ހިންގާފައި ވަނީ ހެންވޭރު ޗީބޯ ކެފޭ ކައިރީގައެވެ.

މި މާރާމާރީއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ހާމަ ކުރެއެވެ.

ފުުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ، 18 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް