ތިލަމާލެ ބުރިޖުން ރައީސް މުޢިއްޒު ފައިމަގުގައި ވިލިމާލެއަށް ވަޑައިގެންފި

ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމުރާނީ މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު މާލެއިން ވިލިމާލެއަށް ފައިމަގުގައި ބޭއްވި ހިނގާލުމުގެ ހަރަކާތުގެ ތެރެއިން މީޑިއާތަކަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. މީޑިއާތަކަށް ދެއްވި މި ބަސްދީގަތުމުގައި ރައީސް ވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ)ގެ ދަށުން […]
އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމީ އެ ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައި: ރައީސް

އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމީ އެ ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި މި ރޮނގުން މަތީ ތަޢުލީމު ފުރިހަމަކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.މި ބައްދަލުކުރެއްވުމަކީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ އިންޖިނޭރުންގެ ދުވަހާ ގުޅިގެން، ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަރިވަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ، […]
ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި މީހާ 15 ދުވަހަށް ބަންދު

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.މި މަައްސަލައިގައި ބަންދުކޮށްފައި ވަނީ ހުކުރުދުވަހު ހަވީރު 5:34 ހާއިރު ޗަންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަލުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހެކެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހަތި/ގދ.ފަރެސްމާތޮޑާ، ސާއިން ޢަބްދުލްޤައްޔޫމް (23އ) ކަމަށެވެ.އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް […]
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ މި އަމުރާ ގުޅިގެން ހޯދަމުންދަނީ މ. މަލްޖާ / މާލެ، އަޙްމަދު ޙަމީދު (55އ) ކަމަށެވެ.އަޙްމަދު ޙަމީދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން […]
ގޭސް ލީކުވުމުގެ ހާދިސާއެއްގައި 51 އަހަރުގެ މީހާކު މަރުވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގައި 51 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައި ވަނީ ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ފުރަތަމަ ފަންގިފިލާގައެވެ.ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި ހާލު ދެރަވެގެން ދެ އަންހެނަކު އައިޖީއެމްއެޗަށް ގެންދިޔައިރު، އެތަނުން އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި މަރުވީ މާލެ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީގު، 51، […]
ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު އެމެރިކާ މީހާ 10 ދުވަހަށް ބަންދު

ލަގެޖުގައި ވަޒަން އަޅާފައިވާ މެގަޒިނެއް ފޮރުވައިގެން ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު އެމެރިކާގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލާ ކަމަށެވެ.އެގޮތުން ފުލުހުން މިއަދު ބުނީ އިއްޔެ ރާއްޖެ އައި އެ މީހާގެ ލަގެޖު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކްކުރިއިރު ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ވަގުތުން […]
މިފްކޯ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް މިހާރު ތެޔޮ ލިބޭނެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެފްއެސްއެމް އާއި މިފްކޯއާ ދެމެދު ގާއިމުކުރި އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު މެންދުރުފަހު މިފްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިފްކޯ އިން ބުނީ މި އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް […]
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށްނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި

ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ 2026 އޮގަސްޓު 2 ވަނަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައި ކަމަށެވެ. އެ ފޮށީގައި ތިންލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެކަމަަށް މައްސަލަ ހުށަހެޅިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މައްސަލަ ހުށަހެޅުމާއެކު އެ ފޮށި ހޯދުމުގެ […]
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހުންގެ މީހަކާއި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދަނީ

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ މީހަކާއި ފުލުހުންގެ މީހަކާއި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފް އިން މިއަދު ބުނީ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯނި، ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.އަދި އެ ދޯނި އަޑިއަށް ދިޔައިރު، އޭގައި 8 މީހުން ތިބި […]
ހިންމަފުށީގެ ހުޅަނގުން ދަގަނޑު ބާޖެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވާން އެދިއްޖެ

ކ. ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން ދަގަނޑު ބާޖެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. މި ބާޖު އޮޔާދަނީ ކ. ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައި ވާއިރު، މި ބާޖު އޮޔާދާ އިރު އެއްވެސް އަލިކަމެއް ނެތްކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންކަމުން، މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ. އަދި ޚާއްޞަކޮށް ރޭގަނޑު އެ […]