މާލެ ސިޓީ ސްމާޓް ސިޓީއަކަށް ބަދަލުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފި

މާލެ ސިޓީއަކީ، ޒަމާނީ ސްމާޓް ސިޓީއަކަށް ބަދަލުކުރުމާ ގުޅޭގޮތުން، ޗައިނާގެ ބެއިޖިންގެ ޖޮންގުއަންކުން ސްމާޓް ސިޓީ ކޯ ލިމިޓެޑްގެ މަންދޫބުންނާ މާލެ ސިޓީގެ މޭޔަރ އާދާމް ޢާޒިމް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ، ސިޓީގެ ތަރައްޤީއަށް ގެނެވިދާނެ ޒަމާނީ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވައިފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ސްމާޓް ސިޓީ އިނޮވޭޝަނާއި، ސިޓީތަކަށް ގެނެވޭނެ ޒަމާނީ ބަދަލުތަކާ ގުޅޭގޮތުންނެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީއާއި ޑޭޓާގެ […]

ޑްރަގު ބޭނުންކޮށް ވިއްކާތީ ބަންދުކޮށްފައިހުރި ”އުއްމީދު“ ގެއަށްވަދެތިބި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ސ. މަރަދޫފޭދޫ / އުއްމީދު 90 ދުވަހަށް ބަންދުކުރުމަށް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ. މި ޖުލައި މަހުގެ 13 ވަނަ ދުވަހު ބަންދާމެދު […]

ސައުދީގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ.އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން […]

މާލޭގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑިތަކާއި ކުނިތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މާލޭގެ މަގުތަކަކީ އަމާން އަދި ސާފުތާހިރު ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ އެކަން ކައުންސިލަށް އެންގުމަށް އެދޭ ކަމަށެވެ.އެގޮތުން، މަގުތަކަށް ކުނި އަޅާ މަންޒަރު ފެންނަ […]

މީޑިއާ ވިލެޖުގެ މަސައްކަތް މި މަހު ނިމޭނެ

މީޑިއާ ވިލެޖުގެ އަމަލީ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން މިއަދު ބުނީ މިހާރު ކުރިއަށްދަނީ“މެންހެޓަން ގްރޭންޑް ހޮޓެލް“ ގެ ގްރައުންޑް ފްލޯގައި ތަރައްގީކުރާ މީޑިއާ ވިލޭޖްގެ އެންމެ ފަހުގެ (ފިނިޝިންގެ) މަސައްކަތްތައް ކަމަށެވެ. އަދި އަމާޒަކީ، މި މަހުގެ ނިޔަލަށް މީޑިއާ ވިލޭޖްގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އެޗްޑީސީން މިއަދު ބުނެފައި ވެއެވެ. މީޑިއާ ވިލެޖުގައި މިހާރު ކުރިޔަށްދަނީ ފާރުތަކުގައި ކުލަލުމާ އޮފީސް ޕާޓްޝަންތައް ޖެހުމާއި ސީލިންގްގެ މަސައްކަތްތަކާއި އަދިވެސް […]

ގުނަވަން ޓްރާންސްޕްލާންޓުގެ ބިލު ފާސްކޮށްފި

އަލުން ވިސްނުމަށް ފޮނުއްވާފައިވާ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލަށް މައިގަނޑު 3 އިސްލާހެއް ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، އެ ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ.އެ ބިލު އަލުން މަޖިލީހަށް ބަލައިގަނެ، އިޖުތިމާޢީ ކޮމިޓީން ވަނީ އިސްލާހުތައް ގެނެސްފައެވެ.އެގޮތުން، ކުރިން […]

ބަންގްލަދޭޝްގައި ފެންބޮޑުވެ 51 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކަށް ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހު ކުރަމުންދާ ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، 51 މީހަކު މަރުވެއްޖެއެވެ. ބަންގްލަދޭޝްގެ ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓްތަކުން ދައްކާގޮތުން، އެ ގައުމުގެ 64 ޑިސްޓްރިކްޓްގެ ތެރެއިން 7 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެ، 1.02 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ޝިންހުއާ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖުލައި 6 ވަނަ ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ […]

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ތަޢުޒިޔާ ދަންނަވަން ރައީސް މުޢިއްޒު ޤަތަރަށް

ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ، އެޤައުމުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށާއި ޤަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ހިޒް ހައިނަސް ޝައިޚް ޙަމަދު […]

އައްޑޫގައި ޑްރަގު ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫ / ބޯޅަދަނޑުގެ ބަންދުކުރަން މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ. ފުލުހުން މިއަދު ބުނީ އެ އަމުރު ނެރެފައިވަނީ 2026 ޖުލައި 12 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށް ކަމަށެވެ.މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އައްޑޫ ސިޓީ، މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ […]

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ. މިއީ މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން އެ ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ.މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފައެވެ.މި ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. […]