މީޑިއާ ވިލެޖުގެ އަމަލީ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ މިހާރު ކުރިއަށްދަނީ“މެންހެޓަން ގްރޭންޑް ހޮޓެލް“ ގެ ގްރައުންޑް ފްލޯގައި ތަރައްގީކުރާ މީޑިއާ ވިލޭޖްގެ އެންމެ ފަހުގެ (ފިނިޝިންގެ) މަސައްކަތްތައް ކަމަށެވެ.
އަދި އަމާޒަކީ، މި މަހުގެ ނިޔަލަށް މީޑިއާ ވިލޭޖްގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އެޗްޑީސީން މިއަދު ބުނެފައި ވެއެވެ.
މީޑިއާ ވިލެޖުގައި މިހާރު ކުރިޔަށްދަނީ ފާރުތަކުގައި ކުލަލުމާ އޮފީސް ޕާޓްޝަންތައް ޖެހުމާއި ސީލިންގްގެ މަސައްކަތްތަކާއި އަދިވެސް އިމާރާތުގައި ނުނިމިހުރި ކުދިކުދި މަސައްކަތްތަކެވެ.
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ”މެންހެޓަން ގްރޭންޑް ހޮޓެލް“ގެ ގްރައުންޑް ފްލޯގައި ތަރައްގީކުރަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނެއެވެ. އެ ތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
![]()
