މާލޭގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑިތަކާއި ކުނިތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މާލޭގެ މަގުތަކަކީ އަމާން އަދި ސާފުތާހިރު ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ އެކަން ކައުންސިލަށް އެންގުމަށް އެދޭ ކަމަށެވެ.
އެގޮތުން، މަގުތަކަށް ކުނި އަޅާ މަންޒަރު ފެންނަ ފޮޓޯ ނުވަތަ ވީޑިއޯ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މާލެ ސިޓީއަކީ، ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މަގުތަކަށް ކުނި ނޭޅުމަށާއި، ކުނި އުކާލުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް