ސައުދީގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ.
އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ފުރިހަމަ ސާބިތުކަންމަތީގައި ތިބި ކަމަށާއި ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ތާއީދުކުރާނެ ކަމުގެ ޔަގީންކަންވެސް އެ ބަޔާނުގައި ވަނީ ދީފައެވެ.

މީގެ އިތުރުން، ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޑިޕްލޮމެސީ އާއި މަޝްވަރާގެ އިސްކަންދިނުމުގެ މުހިންމުކަންވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ބަޔާނުގައި ވަނީ ރާއްޖެއިން އަބަދުވެސް ގޮވާލަނީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް އިހުތިރާމް ކުރުމަށް ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް