މާލެ ސިޓީ ސްމާޓް ސިޓީއަކަށް ބަދަލުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީއަކީ، ޒަމާނީ ސްމާޓް ސިޓީއަކަށް ބަދަލުކުރުމާ ގުޅޭގޮތުން، ޗައިނާގެ ބެއިޖިންގެ ޖޮންގުއަންކުން ސްމާޓް ސިޓީ ކޯ ލިމިޓެޑްގެ މަންދޫބުންނާ މާލެ ސިޓީގެ މޭޔަރ އާދާމް ޢާޒިމް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ، ސިޓީގެ ތަރައްޤީއަށް ގެނެވިދާނެ ޒަމާނީ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވައިފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ސްމާޓް ސިޓީ އިނޮވޭޝަނާއި، ސިޓީތަކަށް ގެނެވޭނެ ޒަމާނީ ބަދަލުތަކާ ގުޅޭގޮތުންނެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީއާއި ޑޭޓާގެ އެހީގައި ހިންގާ ގަވަރނަންސް ނިޒާމުތަކުގެ ބޭނުން ހިފައިގެން ސިޓީގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން، ދެ ފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުޞޫލުތަކުގެ އަލީގައި މާލެ ސިޓީއަކީ ސްމާޓް، ދެމެހެއްޓެނިވި އަދި ވިލުންތެރި ސިޓީއަކަށް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކަށް މި ބައްދަލުވުމުގައި އަލިއަޅުވައިލައިފައިވެއެވެ. މިއީ މާލެ ސިޓީގެ ތަރައްޤީއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ދެނެގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

ކުރިމަގުގައި ޖޮންގުއަންކުން ސްމާޓް ސިޓީ ކޯ ލިމިޓެޑާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް