ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ. އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައެވެ. އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.އެޗްއާރްސީއެމްގެ […]
އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް، އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް އައްޔަންކޮށްފިއެވެ. މިއީ، މި މަޤާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، އެމަނިކުފާނު މަޤާމާ ހަވާލުވެ ވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ. މީގެ ކުރިންވެސް ޝަރީފް ވަނީ، އޭބީއޭގެ ލީޑަރޝިޕުގައި ޚިދުމަތް ކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް […]
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ

ކ. ތިލަފުށިން ފުރައިގެން ދަތުރު ކުރަމުންދަނިކޮށް އެ އަތޮޅުގެ ގާފަރު ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ސަލާމަތްކުރި 8 މީހުން ގާފަރަށް ގެންގޮސްފިއެވެ. މިއަދު ހެނދުނު 08:48 ހިނގި އެ ހާދިސާގައި ކޮޅުވެއްޓީގައި 10 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން ސަލާމަތްކުރެވުނީ 8 މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.އެ މީހުން މިއަދު މެންދުރު ގާފަރަށް ގެންގޮސްފައި ވާއިރު ގައިގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދި އަނިޔާތައް ލިބިފައި ހުރި ނަމަވެސް އެ […]
ބޮޑުތަކުރުފާނުމަގު ބީއެމްއެލް ކުރިމަތީގައި ފެރީ ޓާމިނަލަކާއި ޕާކިން ޒޯނެއް

މާލޭގެ ބޮޑުތަކުރުފާނުމަގުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމައްޗަށްވާ ގޮތަށް އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި މަޝްރޫއު ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.ކައުންސިލްގެ އިއްތިފާގުން މި މައްސަލަ މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް […]
ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މީހަކު ޖަލަށްލާން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.އެ ހާދިސާގައި މީހެއްްގެ ކުކުޅުކޮށިން ދެކުކުޅާއި ހާލެއް ވަގަށް ނަގާފައި ވާތީ ދައުވާކޮށްފައި ވަނީ އުނގޫފާރު މީހަކަށެވެ.މި މައްސަލައިގައި ދައުވާ ލިބުނު ފަރާތުން، މިހާރު ވަނީ ކުށަށް އިއުތިރާފުވެފައެވެ.އަދި ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމަށް ރިއާޔަތްކޮށް، އޭނާގެ މައްޗަށް ކޯޓުގައި އިއްވާފައި ވަނީ 20 ދުވަހުގެ ޖަލު ހުކުމެކެވެ.މީގެ އިތުރުން […]
ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް 30 ދުވަހަށް ޓޯކޮށްފި

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އެ ސައިކަލުތައް 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯ އިން ފެންނަނީ ރޭގަނޑު ވަގުތުގައި ތިން ސައިކަލެއްގައި ތިން މީހަކު ވަރަށް ބާރު ސްޕީޑުގައި ބްރިޖްގައި މާލެއާ ވީ ފަޅިއަށް ދުއްވަމުން ދިޔައިރު އެތަނުން ދެ ސައިކަލުގައި ދުއްވަން ތިބި ދެ މީހަކު އޮތީ ސައިކަލުގެ މަޑިމަތީގައި އެއްކޮށް އޮށޯވެގެން އޮވެ، ހުންގާނުގައި ހިފަހައްޓައިގެންނެވެ.އަދި ތިން ވަނަ މީހާ ވެސް އެމީހުންގެ ކައިރިން […]
ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ. އެގޮތުން ހައުސިން މިނިސްޓްރީގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްޣަފޫރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ހައުސިން މިނިސްޓްރީން ބުނިގޮތުގައި ހުޅުމާލޭ ފޭސް އެކެއްގެ […]
މިނިވަންދުވަހުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފިއެވެ. މިނިވަންދުވަހުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ޚަލީލުއްރަޙްމާން، މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިޙުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފިއެވެ.މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ދިވެހި ސަރުކާރުގެ […]
ލަންްކާ އަށް ޑްރަގް އެތެރެކުރި މައްސަލައެއްގައި 2 ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން 2 ދިވެހިން ހައްޔަރުކޮށްފި އެވެ. އެނގިފައިވާ ގޮތުގައި ވައިގެމަގުން ލަންކާ އަަށް މަސްތުވާތަކެތި އެތެރެކުރި މި މައްސަލައިގެ ތުހުމަތަށް އެ ގައުމުގެ ފުލުހުން ހައްޔަރުކުރީ 40 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.މިދިޔަ ބުދަ ދުވަހުގެ ރޭ،މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރާ 40 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.އޭނާ ހައްޔަރުކުރީ، ހަށިގަނޑުގައި ބަނދެގެން ލަންކާ އަށް އެތެރެކުރި […]
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް އަމްޖަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިއެވެ. އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. އަދި އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވަނީ ޝަރީޢާއިން […]