ލަންްކާ އަށް ޑްރަގް އެތެރެކުރި މައްސަލައެއްގައި 2 ދިވެހިން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން 2 ދިވެހިން ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ވައިގެމަގުން ލަންކާ އަަށް މަސްތުވާތަކެތި އެތެރެކުރި މި މައްސަލައިގެ ތުހުމަތަށް އެ ގައުމުގެ ފުލުހުން ހައްޔަރުކުރީ 40 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ،މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރާ 40 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އޭނާ ހައްޔަރުކުރީ، ހަށިގަނޑުގައި ބަނދެގެން ލަންކާ އަށް އެތެރެކުރި 602 ގްރާމްގެ ކްރިސްޓަލް މެތާ އެކު ކަމަށް ލަންކާގެ ފުލުހުން ބުނެއެވެ.
އަދި އޭނާ ހައްޔަރުކުރީ، ރާއްޖެ މަގުން ލަންކާ އަށް ޑްރަގު އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށާއި އޭނާއާ ސުވާލުކުރުމުގެ ތެރެއިން، މަސްތުވާތަކެތި އެތެރެކުރީ ފުޅާ ދާއިރާއެއްގައި ލަންކާގައި އެ ތަކެތި ވިއްކުމުގެ ވިޔަފާރިކުރާ މީހަކަށް ދޭން ކަމަށް ފުލުހުން ގާތު އޭނާ ބުނެފައި ވެއެވެ

ފުލުހުން ބުނީ އޭނާ ދިން މައުލޫމާތާ ގުޅިގެން، ކޮލަމްބޯގެ ހޮޓަލެއްގައި ހުރި 28 އަހަރުގެ ދިވެއްސަކު ހައްޔަރު ކޮށް ބަލާފާސްކުރުމުން އޭނާ ހުރި ކޮޓަރިން ވެސް 607 ގްރާމްގެ ކްރިސްޓަލް މެތު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން އެ ދެ މީހުންވެސް ވަނީ އެ މައްސަލައިގެ ތަހުގީގަށް 14 ދުވަހަށް ބަންދުކުރުމަށް ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް