ކ. ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން ދަގަނޑު ބާޖެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
މި ބާޖު އޮޔާދަނީ ކ. ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައި ވާއިރު، މި ބާޖު އޮޔާދާ އިރު އެއްވެސް އަލިކަމެއް ނެތްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެހެންކަމުން، މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ. އަދި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާނަމަ، އިތުރަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން އެދެއެވެ.
![]()
