ބަންގްލަދޭޝްގައި ފެންބޮޑުވެ 51 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކަށް ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހު ކުރަމުންދާ ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، 51 މީހަކު މަރުވެއްޖެއެވެ.

ބަންގްލަދޭޝްގެ ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓްތަކުން ދައްކާގޮތުން، އެ ގައުމުގެ 64 ޑިސްޓްރިކްޓްގެ ތެރެއިން 7 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެ، 1.02 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ޝިންހުއާ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖުލައި 6 ވަނަ ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ މެންދުރުފަހާ ހަމައަށް ފެންބޮޑުވުމުގެ ސަބަބުން 51 މީހަކު މަރުވެފައިވާ ކަމަށެވެ.
އަދި 267,918 އާއިލާއަކަށް މި ކާރިސާގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން ކުރިމަތިވި މި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ގެދޮރަށާއި، ދަނޑުބިންތަކަށާއި، މަގުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިހާރު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޓީމުތައް ހަރަކާތްތެރިކުރަން ފަށާފައެވެ.
މި ވަގުތު ގާތްގަނޑަކަށް 50،000 އެއްހާ މީހުން ވަގުތީ ހިޔާތަކުގައި ހިމާޔަތް ހޯދަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް