ހުޅުމާލޭގެ ބިންތަކެއް ކުއްޔަށް ދޫކުރަން އުޅޭކަމަށް ބުނެ އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި

އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރި މުޢާމަލާތްތަކެއް ނިންމަމުންދާ ކަމަށް ބުނެ އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަން ހާމަކޮށް އިންތިޚާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އިންތިގާލީ މަރުޙަލާގައި، ”އާބަންކޯ“އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުޢަމަލާތްތަކާ ގުޅޭ ތަފާތު […]

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ޖިނާއީ ކުށެއްވާނަމަ ބަލައިދިނުމަށް ގޮވާލައިފި

ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ކުރިމަތިލައި އެ ބޭފުޅުންގެ ތަކެއްޗައް ގެއްލުން ދީފައިވާތީ އެ އަމަލުތަކުގައި ޖިނާއީ ކުށެއްވާނަމަ ބަލައިދިނުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ގޮވާލައިފިއެވެ. ޑިމޮކްރެޓްސް ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ  ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މިއަދު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާއި ކުރިމަތިލައި, ދިމާކޮށް އެ ބޭފުޅުންގެ ތެރެއިން ކައުންސެލް ޖެނެރަލް އަލްއުސްތާޒާ ފާތިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިޔުޓަރ ސިސްޓަމް ވައްޓާލައި މޯބައިލް ފޯނަށާއި […]

ލޯންޗަކާއި ދޯންޏެއް ޖެހި, ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ހއ. އަތޮޅުގައި ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރީގައިި ލޯންޗަކާއި ދޯންޏެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިރޭ އިރާކޮޅު ހިނގި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. އިހަވަންދޫ ސިއްހީ މަރުކަޒުގައި އެ މީހުންނަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. އިހަވަންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި […]

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގައި، އެކަމަށް ހާއްސަ ދެ ރަށަކަށް ބަދަލުކުރާނަން: ޑރ.މުޢިއްޒު

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގައި، އެކަމަށް ހާއްސަ ދެ ރަށަކަށް ބަދަލުކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ހުޅުމާލެ 1 ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ޑރ.މުޢިއްޒު ވިދާޅުވީ ސޯލާ ޕެނަލްތަކާ އެކު ހުޅުމާލެ ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށެވެ. މާލެ ސަރަހައްދުގައި މޫދު އެންމެ ރީތިކޮށް ފެންނަން އޮންނަ ސަރަހައްދަކީ އެއީ ކަން ފާހަގަކުރައްވާ ޑރ މުޢިއްޒު ވިދާޅުވީ މިހާރު ޖަހާފައިވާ […]

ފަލަސްޠީނުގެ މުސްލިމުންނަށް ދުޢާ ކޮށްދީ، ކުޅަދާނަވީ މިންވަރަކުން އެހީތެރިވުމަށް އަދާލަތުން ގޮވާލައިފި

ޔަހުދީ އިޒްރޭލުގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީންގެ ރައްޔިތުންނާއި، ގުދުސް ސަލާމަތް ކުރުމަށް ވީހާވެސް ގިނަ ފަރާތްތަކުން މިހާރަށް ވުރެން ބޮޑަށް ދުޢާ ކޮށްދީ, ކުޅަދާނަވީ މިންވަރަކުން އެހީތެރިވުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.   އަދާލަތުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ދިވެހި އެންމެހާ ރައްޔިތުން، ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ ސިޙްޔޫނީން ޣައްޒާއިން ފެނާއި، ކާނާއާއި، ބޭސްފަރުވާ އާއި ކަރަންޓާއި މުވާޞަލާތީ ޚިދުމަތް ކަނޑާލުމަށްފަހު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޤަތުލުޢާންމު ހައްދުން […]

ފާއިތުވި 5 އަހަރު ގިނަ ގޮންޖެހުންތަކަކާއެކު ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނު: ފައިޞަލް

ފާއިތުވި 5 އަހަރަކީ، ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނު ފަސް އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު މެންދުރުފަހު ސަރޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިދިޔަ ފަސް އަހަރަކީ […]

ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ގަވާއިދާ ޚިލާފަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް ފުރުސަތެއް ނުދޭނަން: އެމްޑީޕީ

ޤާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް މަޖިލީސް ކުރިއަށް ގެންދިޔުމަށް ފުރުސަތެއް ނުދޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް، ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް، އެ މައްސަލަ ހުއްޓުވާލުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމްޑީޕީން ބުނީ އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު އެކަހެރިވެ ވަޑައިގަތުން ކަމަށެވެ. އަދި ރައްޔިތުންގެ […]

ކުއްޖެއްގެ ބަރަހަނާ ފޮޓޯ ނަގައި ވީޑިއޯ ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަނީ

އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުޑަކުއްޖެއްގެ ބަރަހަނާ ވީޑިއޯ ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި ވީޑިއޯ ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.  މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު […]

ފަލަސްތީނަށް އެހީވުމަށް ދިވެހި ސަރުކާރުން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމައިފި

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފައިވާ ކަމަށެވެ. މަސްދަޅުތައް ހަދިޔާކުރެއްވުމުގެ މަޤްޞަދަކީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން […]

ދެވަނަ ބުރުގައި ގޯއްޗަށާއި ފްލެޓަށް އެދި ޖުމްލަ 40،594 ފޯމު ހުށަހަޅާފައިވޭ

ސަރުކާރުން އިއުލާންކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯއްޗަށާއި ފްލެޓަށް އެދި ޖުމްލަ 40،594 ފޯމު ހުށަހަޅައިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދެވަނަ ބުރުގައި ބިމަށް އެދި 19،347 ފޯމު ހުށަހަޅައިފައިވާ ކަމަށެވެ. ހަމަ އެހެންމެ ފްލެޓަށް އެދި 21،247 މީހަކު ހުށަހަޅައިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. މި ދެ ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު މިއަދުގެ 15:00 އަށް ހަމަވިއިރު […]