ޒުވާނުންނަށް ދީނީ އިލްމު ފޯރުކޮށްދޭނެ ގޮތްތަކެއް ވިސްނުންތެރިކަމާއެކު ބައްޓަން ކުރަން ޖެހޭ: ޑރ. މުޢިއްޒު

ޒުވާނުންނަށް ދީނީ އިލްމު ފޯރުކޮށްދޭނެ ގޮތްތަކެއް ވިސްނުންތެރިކަމާއެކު ބައްޓަން ކުރަން ޖެހޭ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒު މިހެން ވިދާޅުވީ މީރުމާ ހޮޓެލުގައި އިއްޔެ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ޑރ. މުޢިއްޒު ވިދާޅުވީ ދިވެހިންގެ އަމިއްލަ ވަންތައްކަން ގެއްލެމުންދާ ކަމަށެވެ. ދިވެހިންގެ އަމިއްލަ ވަންތަކަމުގެ އެންމެ މުހިންމު ދެ އަސާސަކީ އިސްލާމީ ވަންތަކަމާއި ދިވެހި ބަސް ކަމަށާއި އެ ދެ ކަންތަކާ ދެކޮޅަށް ބައެއް މީހުން މަސައްކަތް […]
އިސްރާއީލާއި އެމެރިކާއިން ގާޒާގައި ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، ފާޅުގައި އިންޒާރުދެނީ އިރާނުން އެކަނި

ހަމާސްއާއި ހިޒްބުﷲ އަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުން ދިނުމުގެ އިތުރުން، އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އަސްކަރީ ބާރު ބޭނުންކުރާނެކަމަށް ބުނެ ފާޅުގައި އިންޒާރުދެމުން ގެންދަނީ އިރާނުން އެކަންޏެވެ. މެދުއިރުމަތީގެ އެހެން އަރަބި ގައުމުތަކުގެ ވެރީން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި ބައްދަލުކޮށް އިސްރާއީލަށް ނިސްބަތްވާ އަންޞާރީން މިނިވަންކޮށް ހަމަޖެހުމަކަށް އާދެވޭނެ މަގުތައް ހޯދުމަށް މަސައްކަތްކުރަމުން އެބަ ގެންދެއެވެ. މެދުއިރުމަތީގެ މުސްލިމް ގައުމުތަކުން ބައެއްގެ ދަށުވެފައި ތިބޭ މަންޒަރު ފެނުމުން […]
ދަފުތަރުގައި ތިބި ރައްޔިތުން ތަމްސީލު ކުރާނެ މެންބަރެއް ހުންނަންޖެހޭ: ޢަލީ ޙުސައިން

މާލޭގެ ދަފުތަރުގައި ތިބި ރައްޔިތުން ތަމްސީލު ކުރާނެ މެންބަރެއް ރައްޔިތުންގެ މަޖިލީހުގައި ހުންނަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި މެންބަރުންގެ އަދަދު ލިމިޓް ކުރާ އިސްލާހަށް ބަހުސް ކުރައްވައި ދެއްކެވި ވާހަކައިގައި ޢަލީ ޙުސައިން ވިދާޅުވީ، މަޖިލީހުގެ މެންބަރުން މަދު ކުރުމާއި، ވަކި އަދަދެއްގައި މެންބަރުން ހިފެހެއްޓުމަކީ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ޤާނޫނުގެ […]
ދުވާފަރުން ފީނަން ފޭބި މީހަކު ގެނބިގެން މަރުވެއްޖެ

ރ. ދުވާފަރުން ފީނަން ގޮސް އުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ. މަރުވެފައި ވަނީ ރ. ދުވާފަރު/ ޗާންދަނީ ވިލާ، 51އ އިސްމާއިލް މޫސާ އެވެ. އިސްމާއިލް މަރުވެފައި ވަނީ ދުވާފަރު ކައިރީގައި އޮންނަ “ޔޫ އެންޑް މީ“ ކިޔާ ރިސޯޓު ކައިރިއަށް ފީނަން ގޮސްގެން އުޅެނިކޮށް ގެނބިގެންނެވެ. މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ދެންމެ ބުނީ ރ. ”ޔޫ އެންޑް މީ“ ރިސޯޓު ކައިރިއަށް ފީނަން ފޭބި 51 އަހަރުގެ ދިވެހި ފިރިހެނަކު ހަބަރު ހުސްވެގެން އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު […]
ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ނުދައްކާ އެބަހުރި

އައި.ޖީ.އެމް.އެޗް. އިން ބޭރުގެ ދެ ކުންފުންޏަކަށް ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ނުދައްކާ އެބަހުރި ކަމަށް އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. ފިރުޒުލް މިހެން ވިދާޅުވީ އިންތިގާލީ މަރުޙަލާގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިޔާއަށް މައުލޫމާތު ދެއްވުމުގައެވެ. އެގޮތުން ފިރުޒުލް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ސިއްޙީ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން އައިޖީއެމްއެޗް ހިނގަމުން ދަނީ ހެލްތް މިނިސްޓްރީގެ މާ ބޮޑު ދައުރެއް ނެތި، ރައީސްގެ ޤަރާރަކުން އެކުލަވާ ލައްވާފައިވާ […]
ގާޒާއަށް އެއްގަމުން އަރައި ޙަމަލާ ނުދިނުމަށް އިރާނުން އިސްރާއީލަށް އިންޒާރުދީފި

ގާޒާ އަވަށްތަކަށް އެއްގަމު މަގުން އަރައި ޙަމަލާ ނުދިނުމަށް ބުނެ އީރާނުން އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އެގޮތުން، އީރާނުން ބުނީ އިސްރާއީލުން ދެމުންދާ ”ހަނގުރާމަ މިއީ ގަތުލުއާންމެއް“ ކަމަށާއި އިތުރަށް ހަނގުރާމަ ފުޅާކޮށް އެއްގަމު މަގުން ގާޒާ ހިފުމުގެ ވިސްނުން ދޫކޮށްލުމަށެވެ. އަދި އެކަން ހުއްޓާނުލާނަމަ، އެކަމުގެ ”ނަތީޖާ ފެނިގެންދާނީ ވަރަށް ހިތޮކޮށް“ ކަމަށެވެ. އެގޮތުން އެއީ އީރާނުން ދެކެ ރެޑް-ލައިން ހުރަސް ކުރުން ކަމަށެވެ. އެހެންވެއްޖެނަމަ އީރާނުގެ ވާގިވެރީންގެ ބައިވެރިވުން ލަސްތަކެއް ނުވަނެކަމަށެވެ. އަދި ފަލަސްތީނު ދިފާޢު ކުރުމަށްޓަކާ އީރާނު ފުރިހަމަ ބައިވެރިވުން […]
ވީ.އައި.އޭ މަސައްކަތް ނިންމަން ސަޢޫދީން އިތުރު އެހީތެރިކަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސަޢޫދީ ފަންޑުން 100 މިލިއަން ޑޮލަރު ޑޮލަރު ރާއްޖެއަށް ދޭން ނިންމައިފި އެވެ. އެނގިފައިވާ ގޮތުގައި ދިވެހި ސަރުކާރުން އެދިގެން މިދިޔަ ހަފްތާގައި ސަޢޫދީ ފަންޑުން ހަމަޖައްސައިދިން ފައިސާގެ ތެރޭގައި ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް ސަޢޫދީ ފަންޑުން 50 މިލިއަން ޑޮލަރުވެސް ލިބިދޭނެއެވެ. ސަޢޫދީ ފަންޑުން އަންނަނީ […]
ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރެވޭނެ ރަނގަޅު ޕްލެޓްފޯމެއް ޤާއިމު ކުރަން ޖެހޭ: އިމްރާން

އިޒްރާއިލާއި ފަލަސްތީނުގެ ދެމެދުގައި ބަދަލު ކުރެވެމުންދާ ޙަމަލާތަކުގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ދިވެހިން އެކުވެގެން މަސައްކަތް ކުރެވޭނެ ރަނގަޅު ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވެފައި ވަނީ ފަލަސްތީނަށް އެހީ ވުމަށްޓަކައި ކުރެވެން ހުރި ކަމެއް ކުރުމަށް ގޮވާލާ ރޭ އަދާލަތު ޕާޓީން ނެރުނު ޤަރާރާ ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ. […]