މަޖިލިސް 20: ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ޖެނުއަރީ 20 ގައި

Loading

November 1, 2023
sandhaanu news
Facebook
Twitter
WhatsApp

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ކޯލިޝަނުން ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވާކަން ހާމަކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށެވެ.

އެގޮތުން ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން ހަމަޖައްސާފައިވާއިރު, ކޯލިޝަންގެ ޓިކެޓަށް ޝައުގުވެރިވެރިވާ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޑިސެމްބަރު 20 އިން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މަޖިލިސް އިންތިޚާބު ބާއްވާނެ ވަކި ތާރިހެއް އިލެކްޝަން ކޮމިޝަން (އީސީ) އިން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އަންނަ އަހަރުގެ މާރޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު އިންތިޚާބު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ތިއްބަވަނީ ޖުމްލަ 87 މެންބަރުންނެވެ. ނަމަވެސް މަޖިލީހަށް އަލަށް އިތުރުކުރި ހަ ދާއިރާއާއެކު މަޖިލީހުގެ 20 ވަނަ ދައުރަށް ޖުމްލަ 93 މެންބަރުން އިންތިޚާބު ކުރާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް