“ޕާޓީ ކުދިން“ ނާއި, ވެރިންގެ އާއިލާ މީހުން ހިމެނޭ ފުލެޓްގެ ދާއިމީ ލިސްޓް އާންމުކޮށްފި

Loading

November 4, 2023
sandhaanu news
Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ.

 އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތައް ކަމަށެވެ.

އެގޮތުން ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުން ގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައި ވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 ފުލެޓު ކަމަށާއި ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ 1 ފަރާތަކަށް 1 ފުލެޓު ކަމަށެވެ.

މީގެ އިތުރުން 4000 ފުލެޓުގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަ ކުރެއެވެ. އަދި ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.  

ހަމަ އެހެންމެ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތު ހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ހަމަ މި ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4000 ފުލެޓު ނުލިބޭ މީހުންނަށްވެސް ޕޯޓަލް މެދުވެރިކޮށް ލިޔުމެއް ފޮނުވަން އެ މިނިސްޓްރީން ވަނީ ނިންމާފައެވެ. 

Loading

2 Responses

  1. 2000 ވަނަ އަހަރުން ފެށިގެން މާލޭން ފްލެޓްހޯދަން ފޯމްލަމުން ދާއިރުވެސް ފުލެޓެއް ނުލިބުނު މާލޭގަ ދިރިއުޅޭތާ 40އަހަރު ވެއްޖެ ފުލެޓްދެނީ ވަކިބަޔަކަށް އިންސާފެއްނެތް

  2. ހާމަކުރި ލިސްޓުގައި ޕޮއިންޓުދޭން ތިބިމީހުން ބޭނުންވި ނަންނަމަށް ޕޮއިންޓު ހުރީ އޮއްސާފަ މިއީ މަޖާ ކަމެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް