ބައެއް ކުންފުނިތަކުގައި އިށީންނާނެ ގޮނޑިއެއް ނެތް ވަރަށް މުވައްޒަފުން ނަގާފައި އެބަހުރި: ޢަފީފް

ސަރުކާރުގެ ބައެއް ކުންފުނިތަކުގައި އިށީންނާނެ ގޮނޑިއެއް ނެތް ވަރަށް މުވައްޒަފުން ނަގާފައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މިއަދު ވިދާޅުވެއްޖެއެވެ. ޢަފީފް މިހެން ވިދާޅުވީ، ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހެޅި ޤަރާރަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ. ޢަފީފް ވިދާޅުވީ ސަރުކާރު ބައެއް ކުންފުނިތަކުގައި އެތަނަށް ވަދެލާފައި ސޮއިކޮށްލާފައި ދާ މީހުން އެބަތިބި ކަމަށެވެ. […]

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ލިސްޓެއް ގެޒެޓު ކޮށްފި

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭ ތަކެތީގެ ލިސްޓެއް ހޯމް މިނިސްޓްރީން މިއަދު ގެޒެޓު ކޮށްފިއެވެ. ހޯމް މިނިސްޓްރީން މިއަދު ގެޒެޓު ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައިވާ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދައަށް އެދެންވާނެ ބާވަތްތަކުގެ ލިސްޓެކެވެ.  ހޯމް މިނިސްޓްރީން އާންމުކުރި ލިސްޓުގައި 27 ބާވަތެއްގެ ތަކެތި ހިމެނެއެވެ. އޭގެ ތެރޭގައި […]

ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާ ކުރާ މިސްކިތުގެ %80 ވަނީ ނިމިފައި: އައިއޭސީ

މަސްޖިދުލް ގުއްދޫސްގެ ނަމުގައި ދިވެހީންގެ އެހީއާއި އެކު ފަލަސްތީނުގައި ބިނާކުރެވޭ މިސްކިތުގެ %80 ނިމިފައިވާ ކަމަށް ބައިނަލްއަޤްވާމީ އެހީދޭ ދިވެހި ޖަމާއަތެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސްއިން ބުނެފިއެވެ. މިކަން ހާމަކޮށް އައިއޭސީން ބުނީ ފަލަސްތީނުގައި ބިނާކުރާ މިސްކިތުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ހިއްކުމާއި ބެކްފިލިންގް، ކޮންކްރީޓް މަސައްކަތް އަދި ރޭނުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިސްކިތުގައި ކުރަންޖެހޭ ހުރިހާ ސިމެންތީގެ މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތައް ވެސް […]

ބޭސް ގެންނަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުން މަޑުޖައްސާލަން ޑރ. މުޢިއްޒު އެދިވަޑައިގެންފި

ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަން އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭތީ އެކަން މަޑުޖައްސާލަން އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގެންނަން ޓެމިލްނާޑޫގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދަމުން އަންނަ ކަމަށް އިންތިގާލީ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް […]

އިޒްރޭލު ”ބޮއިކޮޓް“ ކުރުމަށް ގޮވާލައި މިރޭ ވެސް މާލޭގައި އެއްވުމެއް ބާއްވައިފި

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން އިޒްރޭލު ”ބޮއިކޮޓް“ ކުރުމަށް ގޮވާލައި މިރޭ ވެސް ވެރި ރަށް މާލޭގައި ގިނަ ބަޔަކު ނިކުމެ ބޮޑު އެއްވުމެއް ބާއްވައިފިއެވެ. ހައްދުފަހަނައަޅާފައިވާ އިޒްރޭލާއި ދެކޮޅަށް އަޑު އުފުލައި, ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި މި މަހު 13 ވަނަ ދުވަހު ވެސް މާލޭގައި ވަނީ ބޮޑު އެއްވުމެއް ބާއްވާފައެވެ. މާލޭގައި މިރޭ ބޭއްވި ހިނގާލުން އިންތިޒާމު ކުރީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާންމުންގެ […]

އިޒްރޭލު ރައްޔިތުން ރާއްޖެ ނައުމަށް އެ ޤައުމުގެ ސަރުކާރުން އަންގައިފި

ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް، ދިވެހިން ތިބީ އެ ޤައުމާއެކުކަން ހާމަކުރަމުން އަންނާތީ، އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.   އިޒްރޭލުގެ ފޮރިން މިނިސްޓްރީން ރޭ ދަންވަރު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ރާއްޖޭގެ މާހައުލު މިހާރު އޮތީ އިޒްރާއީލާ ވަރަށް ބޮޑަށް ދެކޮޅަށް ކަމަށެވެ. މިގޮތުން އެ ޤައުމާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވަމުން އަންނަ ކަމަށާއި މި ދުވަސްވަރު އިޒްރޭލު މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އަންގާ […]

ގާޒާއާއި ދެކޮޅަށް ހިންގި ހަނގުރާމަމަތީ ކުށްތަކަށް އިސްރާއީލު ޖަވާބުދާރީކުރަން ސްޕެއިންގެ ވަޒީރު ގޮވާލައްވައިފި 

ގާޒާއާއި ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ހަނގުރާމަތީ ކުށްތަކަށް ބައިނަލްއަޤްވާމީ ކޯޓުތަކުގައި ޖަވާބުދާރީކުރުވަން ޖެހޭކަމަށް ސްޕެއިންގެ އިޖުތިމާޢީ ހައްގުތަކާއި ބެހޭ ވަޒީރު، އިއޯން ބެލާރާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާއިން އިސްރާއީލުގެ އަމަލުތަކަށް ވާގިވެރިވަމުންގެންދާ ކަމަށާއި، ގާޒާގައި ”ރޭވިގެން ހިންގަމުންދާ ގަތުލުއާންމު“ ގެ ޒިންމާ އެ ފަރާތްތަކުން ވެސް ނަގަން ޖެހޭކަމަށެވެ.  އާދީއްތަ ދުވަހު ހިއްސާކުރެއްވި ވީޑިއޯއެއްގައި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަނުން އިސްރާއީލުގެ ހަނގުރާމަމަތީ ކުށްތަކުގެ ޒިންމާގައި ހިއްސާވާން ޖެހޭކަމަށް ބެލާރާވަނީ ބުނެފައެވެ.  އިސްރާއީލުގެ އަމަލުތަށް […]

ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދައިން ފަރުވާދޭން ފާސްކޮށްފި

ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވެ، އާސަންދައިގެ ދަށުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.  ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ހުށަހެޅުއްވި އެ ޤަރާރުގައި ވަނީ ޤާނޫނު އަސާސީގައި އިޖުތިމާއީ ސިއްޙީ އިންޝިއުރެންސްގެ ޤައުމީ ނިޒާމްގެ ޤާނޫނާއި ސިއްހީ ހިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ އަދި ސިއްހީ ޚިދުމަތް ލިބިގަތުމުގެ ހައްޤު ކަށަވަރު ކޮށްދޭ ކަމަށެވެ.  ހަމަ އެހެންމެ […]

އިޒްރޭލުން ގާޒާގެ އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ރޭގެ ވަގުތެއްގައި އިޒްރޭލުން ގާޒާގެ އަލް އަހްލީ ޢަރަބި ހޮސްޕިޓަލަށް އަމާޒުކޮށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.  މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ހޮސްޕިޓަލުތަކަށް ހަމަލާދިނުމަކީ އިންސާނީ ހައްޤުތަކާ ބޭހޭ ޤާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި މިއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.  ގާޒާގެ ހޮސްޕިޓަލަށް ދިން ލާއިންސާނީ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ބުނީ އާންމު ރައްޔިތުންނަށް އަމާޒުކޮށް އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ […]

މިފަހަރު ވެސް ކާށިދޫ ދާއިރާގެ ގޮނޑިއަށް ޖާބިރު ވާދަ ކުރައްވާނެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.  ޖާބިރު މިހެން ވިދާޅުވެފައި ވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ. އެގޮތުން ޖާބިރު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކާށިދޫ ދާއިރާ އަށް ކުރިމަތިލައި، ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެ ދާއިރާއަށް ކުރިމަތިލައްވާނީ މި ވަގުތު އޭނާ ހުންނެވި އެމްޑީޕީގެ ޓިކެޓުގައި ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.  އެގޮތުން މިހާރުވެސް […]