އެލާގޯ ބްރޭންޑްގެ ސެޓްރިޒިންގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފި

Loading

Facebook
Twitter
WhatsApp

ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުން ކުރާ އެލާގޯ ބްރޭންޑްގެ ސެޓްރިޒިންގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

އެމްއެފްޑީއޭން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މި ބޭހުގައި ކެމިކަލް މާއްދާއެއް ކަމައްވާ ޑައީއިތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) ހިމެނޭތޯ ކަށަވަރު ކުރުމަށް، މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓޮރީ އިން އުފައްދާ ސެޓްރިޒިން އޯރަލް ލިކުއިޑް 5 މިލިގްރާމް/ އެމްއެލްގެ ބްރޭންޑްއެއް ކަމަށްވާ ”އެލާގޯ“ ގެ ބެޗު ނަންބަރު: ބީ 220 ގައި މި ދެ ކެމިކަލް ހުރިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި މި ބޭހުގެ އިތުރު ބެޗުތައް ޓެސްޓް ކުރިއިރުވެސް ހުރިހާ ބެޗެއްގައިވެސް މި ދެ ކެމިކަލް ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

އެހެން ކަމުން މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

މީގެ އިތުރުން މި ބޭސް ވިއްކާ ބޭސް ގަންނަ ފަރާތްތަކާއި، އެންމެހާ ރައްޔިތުން މިކަމަށް ސަމާލުކަން ދިނުމަށާއި މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް