ސަރުކާރުގެ އަމާޒަކަށް ވާނީ ވައުދުތައް ފުއްދުން: ޑރ.މުޢިއްޒު

Loading

Facebook
Twitter
WhatsApp

އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ވާނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުން ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން މިއަދު ގެނެސްދިން “ދިވެހިންގެ ރާއްޖެ“ ޕްރޮގްރާމުގައި ޑރ.މުޢިއްޒު ވިދާޅުވީ އެ މަނިކުފާނު ގާއިމު ކުރައްވާ ސަރުކާރު ވެގެންދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނަށްޓަކައި ޚިދުމަތްކުރާ ސަރުކާރަކަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރަކީ ކޮރަޕްޝަން ނެތް، ސާފު ސަރުކާރަކަށް ހެދުމަކީ ވަރަށް މުހިންމު އަމާޒެއް ކަމަށާއި, އެގޮތުން ކެބިނެޓްގެ މެމްބަރެއް ވިޔަސް، އެމްޑީއެއް ވިޔަސް ކޮރަޕްޝަނަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާނީ އެ މަނިކުފާނަށް އިތުބާރާއި ޔަގީންކަން އޮތް އަދި ކަމަކަށް އިރުޝާދު ދެއްވުމުން އެހެން މީހެއް ކައިރިން ”އެޕްރޫވަލް“ ހޯދަންނުޖެހޭ ފަދަ ތައުލީމީ ގާބިލު ބޭފުޅުން ކަމަށް ވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

 މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތައުލީމީ ގާބިލު އަންހެނުން ގިނަވާނެކަން ފާހަކުރައްވައި މުޢިއްޒު ވިދާޅުވީ އެސްއޯއީ ކުންފުނިތަކުގެ ތެރެއިން ހަ ކުންފުންޏެއް މެނޭޖުކޮށް ހިންގަވަން ތިއްބަވާނީ އެކަމަށް ގާބިލު އަންހެން ބޭފުޅުން ކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް