ޑިމޮކްރެޓުންގެ ކިބައިން ފެނިގެންދަނީ ޚިޔާނާތްތެރިކަމާއި ސުލޫކެއް ނެތްކަން: ޝަރީފް

Loading

November 8, 2023
sandhaanu news
Facebook
Twitter
WhatsApp

ޑިމޮކްރެޓުންގެ ކިބައިން ފެނިގެންދަނީ ޚިޔާނާތްތެރިކަމާއި އަހުލާގެއް ނެތްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް އަމާޒުވަމުންދާ ފާޑުކިޔުން ތަކަށް ރައްދު ދެއްވައި, ސަންގުޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައި ޝަރީފް ވިދާޅުވީ މިއަދު ފެންނަމުން ދަނީ އެބަޔަކާ ދެކޮޅަށް މުޅި ސިޔާސީ ހަޔާތް ބިނާކުރުމަށްފަހު ޑިމޮކްރެޓުން އެ މީހުންގެ ފަހަތުން ސަލާން ޖަހަމުންދާ މަންޒަރު ކަމަށެވެ. ހަމަ އެހެންމެ ޑިމޮކްރެޓުންގެ ކިބައިން ފެނިގެންދަނީ ޚިޔާނާތްތެރިކަމާއި ސުލޫކެއް ނެތްކަން ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް އޮންނާނީ މައި ދެ ޕާޓީ ކަމަށާއި އެއީ ވެރިކަން ކުރާ ޕާޓީއަކާއި އިދިކޮޅު ޕާޓީއެއް ކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގައި އޮތް ހަމަ އެކަނި އިިދިކޮޅު ޕާޓީއަކީ އެމްޑީޕީ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި އެއްލައްކަ ނުވަ ހާހަށްވުރެ އިތުރަށް ވޯޓު ކާމިޔާބުކުރި ޕާޓީއެއް ކަމަށާއި އެ އަދަދާއި ޑިމޮކްރެޓެސް އަށް ލިބުނު ފަނަރަހާސް ވޯޓުގެ ފަރަގު ބެލުމުން ހަރަދުނާ ބަޔަކީ ކޮބައިކަން ސާފުވެގެންދާނެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑިމޮކްރެޓްސްއަކީ ވެރިކަން ކުރާ ޕާޓީން “ބަތްސުވާއެއް” ލިބޭތޯ އާދޭސްކުރަމުންދާ ކުދިކުދި ޕާޓީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޕާޓީއެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް