އައިއޭސީން ދިވެހިންގެ ނަމުގައި ޣައްޒާއަށް 20،000 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފި

Loading

Facebook
Twitter
WhatsApp

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ދިވެހީންގެ ނަމުގައި ޣައްޒާގެ އަލް އަޤްޞާ މާޓިޔާރސް ހޮސްޕިޓަލަށް 20،000 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފިއެވެ.

މިކަން ހާމަކޮށް އައިއޭސީން ބުނީ ދިވެހި ރައްޔިތުންގެ އެހީގައި މިއަދު ޣައްޒާގެ އަލް އަޤްޞާ މާޓިޔާރސް ހޮސްޕިޓަލަށް 20،000 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފައިވާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާތައް ކިތަންމެ ވަރަކަށް ދިން ނަމަވެސް އައިއޭސީން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާނުލާނެ ކަމަށް ވެސް އައިއޭސީން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ބޮން އަޅާތީ ބިރުން ޣައްޒާގެ ރައްޔިތުނަށް ދެވެން ހުރި އެހީއެއް ނުދީ ނުތިބޭނެ ކަމަށް ވެސް އައިއޭސީން ބުނެފައި ވެއެވެ.

މީގެ އިތުރުން އެންމެހާ ދިވެހީން މި ތިބީ ފަލަސްޠީނާއެކު ކަން، ޣައްޒާއާ އެކުކަން މިދަނީ މުޅި ދުނިޔެއަށް ހާމަކޮށްދެމުން ކަމަށް އައިއޭސީން ބުނެފައި ވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 9،061  އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 3،760 މީހުން ހިމެނެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް