ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އަނެއްކާވެސް އަންގައިފިއެވެ.
އޭސީސީން މިގޮތަށް އަންގާފައި ވާއިރު އާންމުންގެ ޝަކުވާތައް ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން ކަންކަން ބެލުމަށް ފަހު ވަކި ގޮތެއް ކަނޑައަޅަންދެން ފްލެޓުތައް ދޫކުރުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން އެ ކޮމިޝަނުން ހައުސިން މިނިސްޓްރީ އަށް ވަނީ އަންގާފައެވެ.
އޭސީސީން ހައުސިން މިނިސްޓްރީއަށް މިގޮތަށް އަންގާފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި، އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ އިތުރުން، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާ ކަމަށް އޭސީސީގެ ތަހުޤީގަށް ފާހަގަވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
އެހެން ކަމުން އޭސީސީން ކަންކަން ބެލުމަށް ފަހު ވަކި ގޮތެއް ކަނޑައަޅަންދެން ފްލެޓުތައް ދޫކުރުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން ހައުސިން މިނިސްޓްރީ އަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.
![]()
