ކުރީގެ ރައީސް ޔާމީންގެ ދަރިކަލުން ޒެއިންއަށް ބޮޑެތި އަނިޔާތަކެއްވެ ސާޖަރީއެއް ހަދައިފި

ކުރީގެ ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ޒެއިން ޢަބްދު ޔާމީނަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. އެނގިފައިވާ ގޮތުގައި ޒެއިން އަށް ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ މީގެ ދެތިން ދުވަސްކުރިން ގޭތެރެއަށް ވެއްޓިގެންނެވެ. އެގޮތުން ޒެއިން ގޭތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމްއެޗަށް ގެންދިޔައިރު، މޭގެ ބައެއް ކަށިތަކުގައި ރެނދުލައި ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބެއް އަދި ވީ ގޮތެއް ޒެއިންގެ ހަނދާނުގައި ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ […]
އިސްލާމީ މަރުކަޒުގެ އިސް އިމާމު ކަމަށް ޝައިޚް ލަޠީފް އައްޔަން ކުރައްވައިފި

އިސްލާމީ މަރުކަޒުގެ އިސް އިމާމު ކަމަށް ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް އައްޔަނު ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ދ.މީދޫ ފެހިގެ ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ޢައްޔަނު ކުރައްވާފައިވާ ކަމަށެވެ. ޝައިޚް މުޙައްމަދު ލަޠީފް މި މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ. ޝައިޚް މުޙައްމަދު ލަޠީފު ކުރިން ވަނީ އިސްލާމީ މަރުކަޒުގެ އިމާމުގެ މަޤާމު ފުރުއްވާފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަށް ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކަށް ރާއްޖޭގައި އަމަލުކުރުން މުހިންމު: ޑރ.ޚަލީލް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކާ އެއްގޮތައް ޢަމަލުކުރުން މުހިންމު ކަމަށް ހެލްތު މިނިސްޓަރު، ޑރ. ޢަބްދު ޚަލީލް ވިދާޅުވެއްޖެއެވެ. ޑރ.ޚަލީލް މިހެން ވިދާޅުވެފައި ވަނީ ކާބޯތަކެތީގެ ސިނާއަތުގެ ފަރާތްތަކަށް ޚާއްސަކޮށްގެން އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ”ފުޑް ސޭފްޓީ މެނޭޖްމެންޓް އިން މޯލްޑިވްސް ފުޑް ސެކްޓަރ“ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، ކާބޯތަކެތި ރައްކާތެރި ކުރުމުގައި ގެންގުޅޭ ނުރަގަނޅު ގޮތްތަކުގެ ސަބަބުން ސިއްހަތަށް ނުރައްކާވާ […]
ދިރާސީ އާ އަހަރު ބަދަލު ކުރާނީ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު: އެޑިޔުކޭޝަން

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން، އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނީ ކަމާ ގުޅޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ ދިރާސީ އާ އަހަރު ފެށުން 2025 އިން ފެށިގެން ޖެނުއަރީއަށް ބަދަލު ކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ބުނެ ދައުރުވަމުން ދިޔަ ޚަބަރާއި ގުޅިގެންނެވެ. އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ އެ މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އެޑިޔުކޭޝަން […]
ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ނަމުގައި އާ ކައުންސިލެއް އުފައްދައިފި

ފަތުރުވެރިކަން ކުރިއެރުވުމަށް ”ވިޒިޓަރ އިކޮނޮމީ ކައުންސިލު“ގެ ނަމުގައި ސަރުކާރުން އައު ކައުންސިލެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޕަބްލިކް ޕޮލިސީ، މުޙައްމަދު ފިރުޒުލް ވިދާޅުވީ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ޚާއްސަ ފޯކަސްއެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ވިޒިޓަރ އިކޮނޮމީ ކައުންސިލަކީ އެ މަސައްކަތުގެ ތެރެއިން، އެކަމަށް ޚާއްޞަ ފޯކަސްއެއް ދެއްވުމުގެ ގޮތުން އެކުލަވާލައްވާފައިވާ ކައުންސިލެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވީ […]
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އައްޑޫއިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އައްޑޫ ސިޓީއިން ބަޔަކު ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ފޭދޫގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ […]
އޭސީސީގެ އެންގުމާ އެއްގޮތަށް ފްލެޓް ދޫކުރުމުގެ މަސައްކަތް ހުއްޓާލައިފި

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ އެއްގޮތަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހުއްޓާލައިފިއެވެ. ޕްލޭނިން މިނިސްޓްރީން މިގޮތަށް ނިންމާފައި މިވަނީ އެ މިނިސްޓްރީން ރޭގެ ވަގުތެއްގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފައި ވަނިކޮށް ފްލެޓު ދޫކުރުމުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައި ވާތީއެވެ. އެގޮތުން ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށް ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން […]
ފްލެޓުތައް ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަނެއްކާވެސް އަންގައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އަނެއްކާވެސް އަންގައިފިއެވެ. އޭސީސީން މިގޮތަށް އަންގާފައި ވާއިރު އާންމުންގެ ޝަކުވާތައް ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެނގިފައިވާ ގޮތުގައި އޭސީސީން ކަންކަން ބެލުމަށް ފަހު ވަކި ގޮތެއް ކަނޑައަޅަންދެން ފްލެޓުތައް ދޫކުރުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން އެ ކޮމިޝަނުން […]
ސީޕީ ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާނެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިމްރާން ވިދާޅުވީ ސީޕީގެ މި ދައުރުގައި ދުނިޔޭގެ ފުލުހުންގެ މުއައްސަސާތަކަށް ބަލާއިރު ޚާއްސަކޮށް އިންޓަޕޯލް އިންޓެލިޖެންސް ބަލައިގަންނަ، ގަބޫލުކުރާ އަދި އިތުބާރުކުރާ ފެންވަރުގެ ޚިދުމަތްތަކާއި ކުރެވުނު ބުރަ މަސައްކަތް ވަރަށް ގާތުން ފެނިފައިވާ ކަމަށެވެ. ހަމަ އެހެންމެ ބައި މިލިއަން ހަމަނުވާ […]
އިންތިޚާބީ ރައީސްގެ ރިޔާސީ ކެމްޕޭނުގެ ހުރިހާ ވަޢުދެއް ހިމެނޭ ފޮތެއް މާދަމާ ލޯންޗު ކުރައްވަނީ

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން ވީ ހުރިހާ ވަޢުދެއް ހިމެނޭ ފޮތެއް މާދަމާ ލޯންޗު ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ މާލޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާއެކު ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި އެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ނޫސްވެރިންގެ ޚިޔާލު ހޯއްދަވާފައެވެ. ރިޔާސީ ކެމްޕޭނުގެ […]