މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް ދެނީ

Loading

December 10, 2023
sandhaanu news
Facebook
Twitter
WhatsApp

ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


މި ނިންމުން ނިންމީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަތީބުންނާއި އިމާމުން ލިބުމުގެ ދަތިކަން ހުރުމުން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި މިއީ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަން ވެސް މިނިސްޓަރުގެ ޕޯސްޓުގައިި ފާހަގަކުރައްވާފައިވެއެވެ.

އިމާމުން ކުރިއަރުވަން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސް ހާސިލްކޮށްފައިވާ އިމާމުންނަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް