މަކަރާ ހީލަތުން އެޕާޓްމަންޓް ކުއްޔަށް ދިން މީހަކު 9 މަހަށް ޖަލަށް

މަކަރާއި ހީލަތުން ސައްހަ ނޫން އެއްބަސްވުމެއްގައި ދައްކައިގެން އެޕާޓްމަންޓް ކުއްޔަށް ދިން މީހަކު 9 މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މި ހުކުމް އިއްވާފައި ވަނީ ޅ. ހިންނަވަރު އަންބަރީގޭ އިބްރާހިމް ނަޒީދުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން ނަޒީދު ވަނީ އެހެން މީހެއްގެ ގެއެއްގެ ދެ ފްލޯ އަކީ އޭނާއަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ދެ ފްލޯކަން ދެއްކުމަށް ސައްހަ ނޫން އެއްބަސްވުމެއް […]
ޑިމޮކްރެޓްސްގެ ރައީސަކަށް ޙަސަން

ޑިމޮކްރެޓްސްގެ ރައީސަކަށް ހޮވުނީ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކަމަށް އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު ބާއްވާފައި ވަނީ އިއްޔެއެވެ. މި އިންތިޚާބުގައި އެޕާޓީގެ 5،888 މެންބަރުންގެ ތެރެއިން 3،209 މީހަކު ވޯޓުލާފައިވާ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ. ޕާޓީގެ ރައީސް ކަމަށް ހަސަންއާ ވާދަކުރެއްވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓު […]
ވިހެއުމަށްފަހު ކުއްޖާ އެއްލައިލި އަންހެންމީހާ ހައްޔަރުކޮށްފި

އދ. ދިގުރަށުގައި ކުއްޖަކު ވިހެއުމަށްފަހު ކޮތަޅަކަށް ލާފައި އެއްލައިލި އަންހެން މީހާ ހައްޔަރުކޮށްފިއެވެ. ވިހެއުމަށްފަހު ފޫޅު ނުކަނޑާ ކޮތަޅަކަށް ލާފައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނުނީ މިއަދު ހެނދުނު 9:20 އެހާ ކަންހާއިރު އެރަށު ކުނިގޮނޑުންނެވެ. މި މައްސަލަ ފެންމަތިވުމާއެކު ފުލުހުން ވަނީ އެ ރަށުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން ފުލުހުން ދެންމެ ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބިދޭސީ އަންހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް […]
ކުރީ ސަރުކާރުގެ ވައްކަންތައް ހާމަކުރަން ފެށުމަކީ އިސްތިއުފާއަށް ގޮވާލި މައިގަނޑުއެއް ސަބަބު: އީވާ

އެމްޑީޕީ ސަރުކާރުގެ ވައްކަންތައް ފާޅުގައި ހާމަކުރަން ފެށުމަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އިސްތިއުފާއަށް ގޮވާލި މައިގަނޑުއެއް ސަބަބު ކަމަށް މަޖިލީހުގެ ނައިބު ރައީސް ކަމުން މިއަދު އިސްތިއުފާދެއްވި އީވާ ވިދާޅުވެއްޖެއެވެ. އީވާ މިހެން ވިދާޅުވެފައި ވަނީ މަޤާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެމްޑީޕީން ހުށަހަޅާފައިވާ އެ ކަމަނާ މަޤާމުން ވަކިކުރެއްވުމުގެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ. އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ހުށައަޅާފައިވާ، މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު […]
ރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލިފުކަކަށް ލިބޭ ގެއްލުމަކީ އިޤްތިޞާދަށް ލިބޭ ގެއްލުމެއް: ރައީސް މުޢިއްޒު

ރާއްޖޭގެ ކޮންމެ މުރަކަ އަކަށް ކޮންމެ ވެލިފުކަކަށް، ލިބޭ ކޮންމެ ގެއްލުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ވަރލްޑް ލީޑަރސް ސަމިޓުގައި ތަގުރީރު ކުރައްވަމުންނެވެ. އެގޮތުން ރައީސްގެ ތަޤުރީރުގައި ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވެށީގައި ހިމެނޭ ކޮންމެ […]
ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ހުޅުވާލައިފި

މާލޭގެ މޭޔަރު އަދި އެ ކައުންސިލްގެ ތިން ދާއިރާއެއްގެ މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ޕާޓީގެ ފަރާތުން ގޮނޑިތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މި މަހުގެ 9 […]
އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ބާނީ ހެންރީ ކިސިންޖާ އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހެންރީ ކިސިންޖާ ޢުމުރުން 100 އަހަރުގައި އިއްޔެ އަވަހާރަވެއްޖެއެވެ. ހެންރީގެ މަޞްލަޙަތު އޮންނަ ކިސިންޖާ އެސޯސިއޭޓްސް، އިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އަމަންއަމާންކަމާގުޅޭ ދާއިރާއިން ނޯބަލް ޕްރައިޒްގެ އިނާމު ހާސިލު ކުރައްވާފައިވާ ހެންރީ 2023 ނޮވެމްބަރު 29 ވަނަ ދުވަހު އަވަހާރަވެފައިވާ ކަމަށެވެ. އޭނާ އަވަހާރަވީ ކަނެކްޓިކް ސްޓޭޓްގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައެވެ. ހެންރީ ކިސިންޖާއަކީ ރައީސް ރިޗާޑް ނިކްސަން އާއި ޖެރަލްޑް ފޯޑްގެ ވެރިކަމުގައި އެމެރިކާގެ ސެކްރެޓަރީ […]
ހިސްޓޯ ޕީއެންސީ ދޫކުރައްވައި ޕީއެންއެފް އަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ކަމުންނާއި ޕާޓީގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ވެރިކަން ކުރާ މައި ޕާޓީ, ޕީއެންސީގެ ރައީސް ޑރ.މުހައްމަދު މުޢިއްޒުއަށް ފޮނުއްވި ސިޓީގައި ހިސްޓޯ ވިދާޅުވީ ޕީއެންސީ މިހާރު ހިނގަނީ ”ހައްދުންމަތިން“ އަންނަ މީހަކު ޕާޓީ އޮފީސްތެރެއިން އަޑަފިކޮޅު ހިއްޕަވައިގެން ނުކުންނަވައި ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެހާ މެންބަރުންގެ މޫނަށް ”ހައްޕުނޑު“ ބުރުވުމުގެ ނޭއްގާނީ އުސޫލުން ކަމުގައެވެ. އެގޮތުން މިފަދަ […]
ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި

މާލޭގައި ހިންގި ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފިއެވެ. ފުލުހުން މިރޭ ބުނީ މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު ފަހެއް ޖަހާކަން ހާއިރު ކަމަށެވެ. މި މާރާމާރީ ހިންގާފައި ވަނީ ހެންވޭރު ޗީބޯ ކެފޭ ކައިރީގައެވެ. މި މާރާމާރީއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ހާމަ ކުރެއެވެ. ފުުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ، […]
ރައީސް ޔާމީނުގެ ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފި

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަދީފައި ވަނީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޔާމީނަށެވެ. މި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު އާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާގޮތުން ޕާޓީއެއް ރަޖިސްޓްރީކުރާ […]