ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ 

ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމާ ގުޅިގެން، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.  ރައީސް އޮފީހުން ވިދާޅުވީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމުގެ ހިތާމައިގައި،ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަން ނިންމާފައިވާ ކަމަށެވެ.  އެގޮތުން 2023 ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ […]

ފޭނަކު ދުރަށް ޖައްސާލާ ގޮތުން  ބޮބީ ޑިއޯލް އަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެ

މަގު ހިނގާފައި ދަނިކޮށް ކުރިމައްޗައް އެރި ފޭނަކު ދުރަށް ޖައްސާލާ ގޮތުން ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް 54އ އަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ފްލައިޓް ޖައްސަން ވަގުތު ކުޑަތަންވެފައި ވަނިކޮށް އެއާޕޯޓު ތެރެއިން ބާރު ސްޕީޑެއްގައި ބޮބީ ހިނގާފައި ދަނިކޮށް ފެނެއެވެ.  ބޮބީ ހިނގަމުން ދަނިކޮށް އޭނާގެ ކުރިމައްޗައް މީހަކު އެރުމުން އޭނާގެ މަގުން އެ މީހާ ދުރައް ކޮއްޕާލާތަން ފެނެއެވެ.  މި ވީޑިއޯ ވައިރަލްވުމާއެކު […]

ޕީޕީއެމް، ޕީއެންސީ މަޖިލިސް ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފި

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފިއެވެ. އެގޮތުން މިރޭ ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ބާއްވަން ހަމަޖެހިފައިވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 20 އަށް ފަސްކޮށްފައިވާ ކަމަށެވެ. އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އެންމެ ފުރަތަމަ ބާއްވަން ނިންމީވެސް  ޖެނުއަރީ 20 ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން […]

ކުރިއަށް އޮތް އެއް އަހަރުތެރޭ އައިވީއެފްގެ ޚިދުމަތް ދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

ކުރިއަށް އޮތް އެއް އަހަރުތެރޭ އައިޖީއެމްއެޗުން އައިވީއެފްގެ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ކުރިން އާސަންދައިގެ އުސޫލުގައިވާ ގޮތުން ދަރިމައިވުމާ ގުޅޭ ފަރުވާތަކަކީ އާސަންދައިގެ ދަށުން ކަވާ ނުކުރާ ފަރުވާތަކެއް ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ދަރިމައިވުމުގެ ޚިދުމަތްތަކާ ގުޅޭ ފަރުވާތައް އާސަންދައިން ކަވާ ކުރާނެ ކަމަށް ފިރުޒުލް […]

ރައީސްގެ ތުރުކީ އާއި ދުބާއީ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީ އާއި ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ ޚަރަދު ކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޚަރަދުވީ ޓިކެޓަށް ކަމަށާއި ޓިކެޓުތަކަށް އެކަނި 2.4 މިލިއަން ރުފިޔާ ޚަރަދުވި ކަމަށެވެ. މީގެ އިތުރުން 28 ބޭފުޅުން ބައިވެރިވެވަޑައިގަތް އެ ދަތުރުފުޅުގައި ތުރުކީ ސަރުކާރުން އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ޚަރަދުތައް ހަމަޖައްސައި ދިނަސް، […]

ރާއްޖޭގެ ޑިޖިޓަލް ޚިދުމަތް ކުރިއެރުވުމަށް އުރީދޫ ގްރޫޕާ މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ޑިޖިޓަލް ޚިދުމަތްތައް ކުރިއެރުވުމަށް އުރީދޫ ގްރޫޕާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފިއެވެ. އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ގްރޫޕް ސީ.އީ.އޯ. ޝައިޚް މުޙައްމަދު ބިން ޢަބްދުﷲ އަލް ތާނީ އާއި އުރީދޫ ގްރޫޕްގެ އިސްވެރިންނާއެކު ރައީސް މުޢިއްޒު ބޭއްވި މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން އުރީދޫއިން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ […]

ރައީސް ނަޝީދު ސިޔާސީ ދާއިރާއިން ދުރަށް ޖެހިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ދާއިރާއިން މި ވަގުތަށް ދުރަށް ޖެހިވަޑައިގެންފިއެވެ. ރައީސް ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަހަރުތަކަކަށްފަހު ސިޔާސީ މައިދާނާއި ދުރަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ހަމަ އެހެންމެ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ވާދަ ނުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ސިޔާސީ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާ ކުރުމަށް ކަމަށާއި […]

އެމްޕީއެލްގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެމްޕީއެލުން ބުނީ މިއީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިސެންބަރ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިންޓާރންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 24 އިން އަންނަ އަހަރުގެ ޖެނުއަރީ […]

އާމިރުގެ އަންހެން ދަރިފުޅަށް ނަފްސާނީ ސިއްޙަތުގެ ދާއިރާއިން އެވޯޑެއް ލިބިއްޖެ

ބޮލީވުޑްގެ ސުޕަސްޓާ އާމިރް ޚާންގެ އަންހެން ދަރިފުޅު އައިރާ ޚާން 25އ އަށް ނަފްސާނީ ސިއްޙަތުގެ ދާއިރާއިން އެވޯޑެއް ލިބިއްޖެއެވެ. ޑިޕްރެޝަނާއި ނަފްސާނީ ސިއްހަތާ ގުޅޭ ގޮތުން އައިރާ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ނަފްސާނީ ސިއްހަތާއި އާއިލާގެ މުހިންމުކަމުގެ ވާހަކަ ގިނައިން ދައްކާ އައިރާއަށް އެވޯޑް ލިބިފައި ވަނީ ނަފްސާނީ ސިއްހަތަށް ހޭލުންތެރި ކުރުމަށް އިންތިހާއަށް މަސައްކަތްކޮށް ވަކާލާތު ކުރަމުން އަންނާތީވެ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. މި އެވޯޑް […]

އެންޑޮމެޓްރިއޯސިސްއާއި ޕީސީއޯއެސްގެ ހުރިހާ ފަރުވާއެއް އާސަންދަ ސްކީމުން ލިބޭ ގޮތް ހަދައިފި

އަންހެނުންނަށް ދިމާވާ ”އެންޑޮމެޓްރިއޯސިސް“ އަދި ”ޕީސީއޯއެސް“ ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.  ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ. މި ނިންމެވުން މިފަދައިން ނިންމަވާފައި […]