އަމިއްލަ ބައްޕަޔަށް ވުރެ ވެސް މާބޮޑަށް އުމުރުން ދުވަސްވެފައިވާ މީހަކާ އަހަރެން ކައިވެނި ކުރީމެވެ.
އަހަރެންގެ ނަމަކީ ހަނާން އެވެ. އުމުރަކީ 28 އަހަރުގެ ސިންގަލް މަމް އެކެވެ. އަހަރެންގެ ކުޑަ ކުޑަދެކުދިން ތިބެއެވެ.
އެއްދުވަހަކު ބޭބީ ސިޓަރ އާއި ދެކުދިން ހަވާލު ކޮށްފައި އޮފީހުގެ މުހިންމު ބައްދަލް ވުމަކަށް ދިޔައިމެވެ. އަހަރެންނާއި ރިޗަރޑް ފުރަތަމަ ބައްދަލްވީ މި ބައްދަލް ވުމުންނެވެ.
ރިޗަރޑް އަކީ ކުންފުނީގެ އެއްފައުންޑަރ މެމްބަރެވެ. ރުޅިމަޑު ކެތްތެރި އަދި މުވައްޒަފުނަށް އޯގާތެރި ރަގަޅު ބޮސް އެކެވެ. ހުރިހާ ކަމެއްގެ މައްޗަށް އަމިއްލަ ކޮންޓްރޯލް އޮންނަ ޒާތުގެ ހަރުދަނާ މީހެކެވެ.
ދެމީހުން ބައްދަލްވެ ވާހަކަ ދައްކަން ފެށުމަށްފަހު އެކުގައި ދެތިން ޑިނަރ އަކަށް ދިޔައިމެވެ.މިއީ މާސީރިއަސް ކަމެއް ނޫން ކަމަށް އަހަރެން އަމިއްލަ ނަފްސަށް ހަނދާން ކޮށް ދެމެވެ.އޭނާ އަކީ ހަރުދަނާ ހަޔާތެއް ލިބިފައިވާ، ގިނަ ކަންތައްތަކެއް ހާސިލް ކޮށްފައިވާ މީހެކެވެ.އަހަރެންނަކީ އަދި އުމުރުން ޅަ، އެއްވެސް ކަމެއް ހާސިލް ވެފައިނުވާ މީހެއް ކަން ހަނދާން ވެއެވެ.
އެހެން ނަމަވެސް އޭނަ އަހަރެންނަށް ޝައުގުވެރިކަން އުފެދިފައިވާކަން ދެނެގަންނާކަށް މާ އުނދަގުލެއް ނޫނެވެ.އަހަރެންނަށް ވުރެ ސަޅީހަކަށް އަހަރު ދޮށިމީހެއް ނަމަވެސް އަދިވެސް ހުންނަނީ ފުރިހަމަ ސިއްހަތުގައެވެ.މީހުން ގަބޫލު ވާކަހަލަ ސިފަތަކެއް އޭނާއަށް ލިބިފައިވާ އިރު ކޮންމެ މައުލޫ އަކަށްވެސް ފަސޭހަކަމާއި އެކު ވާހަކަ ދައްކާލެވެއެވެ.
ދެމީހުން ވާހަކަ އެއް ދެއްކި ނަމަވެސް އަހަރެން ބުނާއެއްޗެއް އޭނާވަރަށް ކަނުލާ އަޑުއަހާކަން އަހަރެންނަށް ފާހަގަ ވިއެވެ.
ރިޗަރޑް އާއި އެކު ބްރެކްފަސްޓް އެއްގައި އިން ދުވަހެކެވެ. ދަރިފުޅު އަގުބޮޑު ސީރިއަލް އެއް ކާން އުޅޭ ވާހަކައާއި ގަވާއިދުން އޭތި ގަނެނުދެވޭ ވާހަކަ އަހަރެން ބުނީމެވެ. އެވަގުތު ރިޗަރޑް ބުންޏެވެ. ހަނާން ތިޔަ ދަތިކަމުގަ އަބަދު އުޅޭކަށް ނުޖެހޭނެއެވެ.މިބުނި އެއްޗަކަށް އަހަރެން ވިސްނާލީމެވެ.
އޭގެ ދެތިންރޭފަހުން ދެމީހުން ޑިނަރ އަކަށް ދިޔައިމެވެ. ޑިނަރ އަދި ފެށުމުގެ ކުރިން ރިޗަރޑް ކުޑަކުޑަ ކަޅު ފޮއްޓެއް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ.އަހަރެން އެފޮށި ހުޅުވާލިއިރު އެތެރޭގައިވަނީ ޑައިމަންޑެއް ޖަހާފައިވާ އަނގޮޓީއެކެވެ. އެވަގުތު އޭނާ ބުނަމުން ގެންދިޔައެވެ. ”އަހަރެން ހަނާންގެ ހުރިހާ ކަމަކާ ހަވާލު ވާން ފުރުސަތެއް ދޭށެވެ.އަހަރެންނާ ކައިވެނި ކުރަން ގަބޫލު ވާށެވެ.“
އަހަރެން ހިތަށް އެރިއެވެ.އަހަރެން މީގެ ކުރިންވެސް މީހަކުދެކެލޯބި ވެވި އެލޯބީގެ މައްޗަށް ކައިވެންޏެއްކޮށް ދިރިއުޅުމެއް ފެށީމެވެ.އެކަމަކު މިއަދު ވިވަނީ ކުޑަ ކުޑަ ދެކުދިންނާއެކު އެއްލާލެވި އެކަނިވެ، ގަނަތެޅެން ޖެހިފައެވެ. އަހަރެން ރިޗަރޑް ދެކެ ލޯތްބެއް ނުވެއެވެ.އޭނާވެސް އަހަރެން ދެކެ ލޯބިވާ ކަމަކަށް ނުބުނެއެވެ. އެކަމަކު އޭނާގެ ކިބައިގައި އަހަރެން ރުހޭ އެތައް ސިފަތަކެއް އެބަހުއްޓެވެ.ހަމަގައިމުވެސް އަހަރެންނާއި ދެކުދިން ރަގަޅަށް ބަލާނެއެވެ. ނަމަވެސް ރިޗަރޑް ވާނީ ދެކުދިންގެ ދޮންބައްޕަ އަށެވެ. ވަރަށް ގިނަ ފަހަރު ދޮންބައްޕައިން ކުދިންނަކަށް ރަނގަޅެއް ނޫނެވެ.“
މިފަދަ ގޮތަކަށް ވިސްނާލަން އިރުކޮޅަކު އިންދާ ރިޗަރޑް ބުންޏެވެ. ”ތިޔައީ ދެން ވިސްނަން އެހާގިނަ އިރު ނަގަން ޖެހޭ ކަމެއް ހެއްޔެވެ.؟ އަހަރެން އެވަގުތު އާއެކޭ ބުނެ އަތް ދިއްކޮށްލީމެވެ. އަނގޮޓި އަޅުވާދޭށޭ ބުނެއެވެ.
އެދުވަހުން ފެށިގެން ކަންތައްތައް ދާލެއް ވަރަށް ނޯމަލް ކަމަށް އަހަރެނަށް ހީވިއެވެ. ރިރޑް ގަވާއިދުން އަހަރުންގެ ގެޔަށް އާދެއެވެ.އަދި ކުދިންވެސް އޭނަޔާ ވަރަށް ގަބޫލު ކަމަށް ފެއެވެ.
މިއީ ރޮމޭންޓިކް ގުޅުމެއް ކަމުގެ އިހުސާސެއް ނުލިބެއެވެ.އޭނަ ފެނުމުން އަހަރެން ގެ ހިތް އަވަސް ވާގޮތެއް ނުވެއެވެ. އަހަރެންނަށް ބޮޑަށް ބެލުނީ މިއީ ފުރުސަތެއްގެ ގޮތުގައެވެ.އެކަނި ހުރިހާ ކަމެއް ކޮނޑުއަޅައިގެން ނޫޅެ އެކަމުން ހިނދު ކޮޅަކަށް ނަމަވެސް ބަރީއަވެލަން ލިބުނު ޗާންސެއްގެ ގޮތުގައެވެ.
އެއްދުވަހަކު އަހަރެން އޮފީހުގައި ހުރި ވަގުތަކު ދެކުދިން ގޮވައިގެން ރިޗަޑް ބޭރަށް ދިޔައެވެ.ކުދިން ތިބީ ވަރަށް މަޖާވެފައެވެ. އަދި ވަރަށް ރަގަޅު ދައްތައަކާއި ދިމާވި ކަމަށް ބުންޏެވެ. އެދައްތަ އޮފީހުގައި ބައިވަރު ކުޅޭ އެއްޗެތި ހުރިކަމަށް ވެސް ބުންޏެވެ. އަހަރެން ރިޗަރޑް އާ ސުވާލު ކުރުމުން ބުނީ ކުޑަކުދިން ނަށް އެކި ކަންތަކުގައި އެހީތެރިވެދޭ އޭނާގެ ރައްސެކު ހުންނަ ކަމުގައެވެ. އަދި ކުދިން އޭނަކައިރިޔަށް ގެން ދިޔައީ ކަމުގައެވެ.
ފަހުން ދެކުދިންނަށް ރަގަޅު ސްކޫލް އެއްހޯދަން ޖެހޭ ވާހަކަ ރިޗަރޑް ދައްކަން ފެށިއެވެ.
ދެކުދިންނަށް ރަގަޅު ޕްރައިވެޓް ސްކޫލް އެއް ހޯދާދޭނެ ކަމަށާ ފައިސާއެއީ މައްސަލަ އަކަށް ނުވާނެ ކަމަށް ރިޗަރޑް ބުންޏެވެ. އަހަރެންވެސް އެއީ ވަރަށް ރަގަޅު ކަމަކަށް ވާނެ ކަމަށް ބުނީމެވެ.
އަހަރުމެންގެ ކައިވެނިޕާޓީ ވަރަށް ވެސް ފުރިހަމަ އެވެ.ބޮކިތަކުން މުޅިތަން ދިއްލާލާފައި އޮތް އިރު ހުދު މަލާއި ހުދު އަލިން ވަނީ މުޅިތަން ޒީނަތްތެރި ކޮށްފައެވެ.އެހެން ނަމަވެސް ނޭގޭ އިހުސާސް ތަކެއް އަހަރެންނަށް އުނދަގޫ ކުރަމުން ދިޔައެވެ.
އެރޭ އަހަރެން ފާހާނާއަކަށް ދާން ޖެހިގެން މަޑުމަޑުންގޮސް ހޯލްގައިވާ ފާހާނާ އަށް ވަނީމެވެ.އެވަގުތު މުސްކުޅިވަރެއްގެ އަންހެނަކު އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ.އަހަރެން ތިޔަކީ ކާކުތޯ ސުވާލު ކުރީމެވެ. އޭނަ ވަރަށް ސިއްރު ސިއްރުން ބުނީ ހަނީމޫން އަށް ދިއުމުގެ ކުރިން ރިޗަރޑް ގެ މޭޒުގެ އެންމެ ތިރީ ވަތްގަނޑު ބަލާލުމަށެވެ.ނޫން ނަމަ ކަލޭ ”ރިގްރެޓް“ ކުރަން ޖެހިދާނެ ކަމަށެވެ. މިހެން ބުނުމަށް ފަހު އޭނަހިގައްޖެ އެވެ.
އެރޭ ރިޗާރޑް އަށް ނިދުނީމަ އަހަރެން ގޮސް އޭނަގެ ސްޓަޑީ އަށް ވަދެ މޭޒުގެ އެންމެ ތިރީ ވަތް ގަނޑު ބެލީމެވެ.ވަތްގަނޑުގައި ބައެއް ޑޮކިއުމަންޓްތައް ހުއްޓެވެ.ފައިސާގެ ހިސާބު ތަކަކާ ޕްރޮޕަޓީ ލިއުން ތަކެކެވެ.
ވަތްގަނޑުގައި ވަކި ބޯ ފައިލެއްވެސް ވެއެވެ.ފައިލްގައި ފުރަތަމަ ލިއުމަކަށް އޮތީ ކުޑަކުދިންގެ ސައިކޮލޮޖިސްޓަކު ދީފައިވާ ލިއުމެކެވެ.އަހަރެންނަށް ކުދިން ނުބެލެހެއްޓޭ ކަމަށް ބުނެއެވެ.ކުޑަކުދިންނަށް އެހީވާ ފްރެންޑަކީ މީތާއެވެ. ދެން އޮތް ލިއުންތަކަށް ބެލިއިރު ދެދަރިންގެ ނަމުގައި ދެފޯލްޑަރު އޮތެވެ. އޭގައިވާ ސިޓީ ތަކެއްގައި ކުދިންގެ އަސްލު ބައްޕަ ސޮއި ކޮށްފައި ވެއެވެ. ކުދިންގެ ހުރިހާކަމެއްގައި ސޮއި ކުރުމުގެ ހައްދު ރިޗަރޑް އަށް ދީފައެވެ. މިއީ އަހަރެންނަށް ސިއްރުން ކޮށްފައިވާ ކަމެކެވެ.
ކުދިންވަނީ ޔޫރަޕުގެ ބޯޑިންގ ސްކޫލް އަކަށް ވައްދާފައެވެ.އަދި ފުރަން ހަމަޖެހިފައިވަނީ އަހަރރެން ނާއި ރިޗަރޑް ހަނީމޫންގައި ތިއްބައެވެ.މިކަމެއްވެސް ވެސް މަށަކަށް ނޭގެއެވެ.
ރިޗަރޑް އެވަނީ ކޮންމެވެސް ގޮތަކުން ކުދިންގެ ބައްޕަ ހޯދާފައެވެ. އަދި އޭނާގެ ސޮއި ހޯދާފައެވެ.އެކަމަކު އެވާހަކަ އޭނާ އެވަނީ އަހަރެންނަށް ސިއްރު ކޮށްފައެވެ.
ރިޗަރޑް ބޭނުންވަނީ ދެކުދިން އަހަރުންގެ ހަޔާތާ މާދުރަށް ފޮނުވާލާށެވެ. އަހަރެންނަށް ސިއްރުންނެވެ.
އަނެއް ދުވަހު ހެނދުނު ސައި މޭޒު ދޮށުގައި ރިޗަރޑް އިންދާ އަހަރެން ފައިލް ހިފައިގެން ގޮސް އޭނަ ކުރިމައްޗަށް ފައިލް ޖަހާފަ ބުނީމެވެ.“މިގޮތަށް ސިއްރުން ކަންތައް ކޮށްފަ މަށަށް ސިއްރުން ކުދިން މާދުރަށް ފޮނުވާލެވިދާނެ ކަމަށް ހީކުރީ ހެއްޔެވެ.؟“ އަހަރެންގެ މިބަހަށް އޭނަ މާބޮޑު ހައިރާން ކަމެއް ނުދައްކައެވެ.
އަހަރެން ހަމަ އެވަގުތު އަނގޮޓި ބާލާ އޭނަކުރިމަތީ ބޭއްވުމަށްފަހު ދެކުދިން ގޮވައިގެން ރިޗަރޑް ގެ ބޮޑު ގެއިން ނިކުމެގެން އަމިއްލަ އެޕާޓްމަންޓަށް ދިޔައިމެވެ.
ވަރީގެ ކަންތައް ވަރަށް ދިގުލައިގެން ދިޔައެވެ. ރިޗަރޑްގެ ފައިސާއާއި ނުފޫޒުގެ ބާރުންނެވެ. ރިޗަރޑް އަހަރެން ވަރި ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދޮގާއި މަކަރުގެ މައްޗަށް ބިންގާ އެޅުނު ކައިވެންޏެއްގައި އަދި ކުދިންނާއި ވަކިން ހުންނަން ބޭނުން ނޫންކަމަށް އަހަރެން ބުނީމެވެ. އެންމެ ފަހުން އަހަރެންނަށް ކާމިޔާބު ލިބުނީ އަހަރެނަށް ނޭގި ސިއްރުން ކުދިން ބޭރު ގައުމަކަށް ފޮނުވާލަން ރާފައިވާތީ، އެކަމަށް ކޯޓުން ރިއާޔަތް ކުރުމަށް ފަހުއެވެ.
ހަޔާތަކީ ބައެއް މީހުންނަށް ވަރަށް ވެސް ތަކްލީފް ބޮޑު ދަތުރެކެވެ. ވަރުގަދަ އިމްތިހާނެކެވެ.އަމިއްލަޔަށް ގޯސްކޮށް ކަމެއް ނުކުރި ނަމަވެސް އެވެ. ފާސް ނުވިޔަސް މި އިމްތިހާނަށް ޖެހޭނީ ކުރިމަތިލާށެވެ.
![]()
