ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ރައްޔިތުން ސަލާންޖަހަން ޖެހޭ ޖެހުން ނިމުމަކަށް ގެންނާނަން: ރައީސް މުޢިއްޒު

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ރައްޔިތުން ސަލާންޖަހަން ޖެހޭ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވި ކަންގަތި ކޮލި 2022 އެވޯޑު ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން ތަފާތު ގިނަ ކަންބޮޑުވުންތައް އެ މަނިކުފާނާއި ހިއްސާކުރެއްވި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ތަކުލީފުކަމަށާއި އެކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. ރައީސް […]
މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ: ފާރިސް

މަޖިލިސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަކަމަށް ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް މިހެން ވިދާޅުވީ، މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމާފައި ވާތީއެވެ. އެގޮތުން ފާރިސް ވިދާޅުވީ މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެންދަނީ އެމްޑީޕީ […]
މިސްރުގެ ރައީސް ތިންވަނަ ރިޔާސީ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމާ ގުޅިގެން ރައީސް މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ޢަބްދުލް ފައްތާޙް އަލް ސީސީ، މިޞްރުގެ ރައީސްކަމުގެ މަޤާމުގެ އައު ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމާއި ގުޅިގެން އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސްގެ މެސެޖުގައި އެ މަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިޞްރުގެ ރައީސަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ. ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިޞްރުގެ ރައްޔިތުން އެ މަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާ ކަމެއްކަމުގައި ވިދާޅުވެ، […]
ސުޒޭންގެ ލޯބިވެރިޔާ އަރްސަލާން ގޯނީއަށް، ރިތިކް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި

ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަން އޭނާގެ ކުރީގެ އަންހެނުން ސުޒޭން ހާން ގެ ލޯބިވެރިޔާ އަރްސަލާން ގޯނީއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފިއެވެ. އަރްސަލާންގެ އުފަންދުވަސް ކަމަށްވާ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އަރްސަލާންގެ ފޮޓޯ ހިއްސާކޮށް ރިތިކް ވަނީ އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައެވެ. ސުޒޭންވެސް ވަނީ އަރްސަލާންއާއެކު ހޭދަކޮށްފައިވާ ބައެއް ވަގުތުތައް ދައްކުވައިދޭ ފޮޓޯތަކެއް އާންމުކޮށް އިންސްޓަގްރާމްގައި އުފަން ދުވަހުގެ ތަހުނިޔާ ކިޔާ އޭނާގެ ލޯބި ފާޅުކޮށްފައެވެ. […]
ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ތަހުޤީގަށް ބިދޭސީއަކު ހޯދަނީ

ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ތަހުޤީގަށް ބިދޭސީއަކު ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ އާންމުކޮށް ހޯދަން އިއުލާންކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ އަޒިޒަލް އިސްލާމް އެވެ. އޭނާ ހޯދަމުން ދަނީ މ. މުލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާއަށް ތަހުގީގަށް ހާޒިރުވުމަށް […]
ކަރަން ޖޯހަރަކީ އެއް ޒަމާނެއްގައި އަހަރެންގެ ދުޝްމަނެއް: އަޖޭ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރަކީ އެއް ޒަމާނެއްގައި ސުޕާ ސްޓާ އަޖޭ ދޭވްގަންގެ ދުޝްމަނެއް ކަމަށް އޭނާ ބުނެފިއެވެ. އަޖޭ މިކަން ހާމަކޮށްފައި ވަނީ ކޮފީ ވިތް ކަރަންގެ އެޕިސޯޑެއްގައި ވާހަކަދައްކަމުންނެވެ. މި ޝޯގައި ވާހަކަ ދައްކަމުން އަޖޭގެ ދުޝްމަނެއް ހުރޭތޯ ކަރަން ސުވާލުކުރުމުން އަޖޭ ބުނީ ކަރަން ކަމަށެވެ. އެއާއެކު ކަރަން އަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ. އަޖޭ ބުނީ 2016 ވަނަ އަހަރު އަޖޭ ޑައިރެކްޓްކޮށް ޕްރޮޑިއުސް ކޮށް އުފެއްދި ފިލްމު […]
ތޫނު އެއްޗެއް ބޭނުންކޮށްގެން ދަރިއަކު މަންމައަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ހުޅުމާލޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ދަރިއަކު މަންމައަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މިކަން ހާމަކޮށް ފުލުހުން މިރޭ ބުނީ ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދީފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ 6:50 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެއީ 51 އަހަރުގެ ދިވެހި […]
“ރަސްމާލެ “ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހްކޮށްފި

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު ”ރަސްމާލެ“ ބިން ހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ. ބިންހިއްކުމުގެ މި މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށި ދިއްގަރު ފަޅުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަރަހައްދައް ”ރަސްމާލެ“ގެ ނަމުން ނަންދެއްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޤައުމީ […]
ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅައިފި

ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން ކަނޑައަޅައިފިއެވެ. މިކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ވިދާޅުވީ އިސްލާމީ އުސޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވާފައިވާ ކަމަށެވެ. ރައީސް މުޢިއްޒު މި ގޮތަށް […]
ހައްޖު ކޯޓާތައް ހަމަ އެކަނި ހައްޖު ކޯޕަރޭޝަނަށް ދޫކުރަން ނިންމައިފި

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ހައްޖުކޯޓާ ދޫކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ، ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު […]