ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން އެމްޑީޕީ ދާނީ ކުރިއަށް: ފައްޔާޒު

ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ ދާނީ ކުރިއަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމުސީލު ކުރައްވާ 13 މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއަށް މިރޭ ސޮއިކުރެއްވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ފައްޔާޒުގެ ޕޯސްޓުގައި ވަނީ އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅުނު ބޭފުޅުން […]
ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު މީހުންނަށް ހައްޖުގެ ދައުވަތު ފޮނުވަން ފަށައިފި

ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖު ކިއު ސިސްޓަމްގެ ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު މީހުންނަށް ހައްޖުގެ ދައުވަތު ފޮނުވާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. މިކަން ހާމަކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުހައްމަދު ޝަކީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖު ކިއު ސިސްޓަމްގެ ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހައްޖުގެ ދައުވަތު ފޮނުވާފައިވާ ކަމަށެވެ. މީގެ އިތުރުން ޝަކީލް ވަނީ 1445މ […]
ޕްރޮޕަޓީ މެނޭޖުމަންޓްގެ ދާއިރާއިން މީހުން ބިނާ ކުރުމަށް އެމްއެންޔޫއިން ކޯހެއް ކުރިއަށް ގެންދަނީ

ޕްރޮޕަޓީ މެނޭޖުމަންޓްގެ ދާއިރާއިން މީހުން ބިނާކުރުމަށް ކޯހެއް ހިންގަން ހައުސިން މިނިސްޓްރީއާއެކު ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ބޭއްވި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، އަލަށް ތައާރަފުކުރާ އެ ކޯހުން ޕްރޮޕަޓީ މެނޭޖްމެންޓު ދާއިރާގެ ފަންނީ ކަންތައްތަކާއި ޤާނޫނީ ކަންތައްތަކާއި އިދާރީ ކަންތައްތައް އުނގަންނައިދޭނެ ކަމަށެވެ. ހަމަ އެހެންމެ މި ކޯސް ފަރުމާކުރުމުގެ މަޤްސަދަކީ […]
އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުވުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ފޯރަމެއް ބާއްވަނީ

ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެ ދާއިރާގެ ސްޓޭކްހޯލްޑަރުން ހިމެނޭ ފޯރަމެއް ބާއްވަން މީޑިއަމް އިވެންޓްސް އިން ނިންމައިފިއެވެ. މި ފޯރަމްގެ މަޤުސަދަކީ، އޭވިއޭޝަން ދާއިރާގައި އޮޕަރޭޝަނަލް ގޮތުންނާއި ސިޔާސަތުގެ ގޮތުން ރައްކާތެރިކަމާއި ވަސީލަތްތަކުގެ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމެވެ. މީޑިއަމް އިވެންޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އޭވިއޭޝަން ފޯރަމް ބާއްވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި ފޯރަމުގައި ރާއްޖޭގެ އޭވިއޭޝަން […]
ކާބޯތަކެތީގެ ރައްކާތެރި ކަމަށް އާންމުން ހޭލުންތެރި ކުރުމަށް ހިންގާ ”މުކައްބަ“ ކެމްޕެއިން އިފްތިތާހުކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހިންގާ ”މުކައްބަ“ ކެމްޕެއިން އިފްތިތާހުކޮށްފިއެވެ. މި ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ.ޢަބްދުﷲ ޚަލީލެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގައި ކާބޯތަކެތި ޓެސްޓު ކުރެވޭނެ ނިޒާމްތައް ފުޅާވަމުން އަންނަ ކަމަށެވެ. ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަކީ ސިއްޙީ ދާއިރާއަށް އޮތް […]
ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ”ބޮޑު ރަސްގެފާނުގެ ލަޤަބު“ ރައީސް މުޢިއްޒަށް

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ އެންމެ ފަޚުރުވެރި ލަޤަބު ”ބޮޑު ރަސްގެފާނު ލަޤަބު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މިއީ މި ލަޤަބު އެރުވި ފުރަތަމަ ފަހަރެވެ. މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ރޭ ހޮޓެލް ޖެންގައި ކުރިއަށްދިޔަ ”އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023“ ޙަފުލާގައެވެ. މި ލަޤަބު ރައީސްއަށް އަރުވާފައި ވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެ މަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަ […]
އަރްބާޒާއި ޝޫރާ ކައިވެނި ކޮށްފި

ހިތްގައިމު ރަސްމިއްޔާތެއްގައި ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ޚާން 56އ އާއި ބޮލީވުޑްގެ ތަރިން މޭކަޕްކޮށްދޭ މަޝްހޫރު މޭކަޕް އާޓިސްޓް ޝޫރާ ޚާން 29އ ކައިވެނި ކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދެ މީހުން ބައްދަލުވީ އަރްބާޒްގެ ކުރިއަށް އޮތް ފިލްމު ”ޕަޓްނާ ޝުކްލާ“ ގެ ސެޓުތަކުގައެވެ. އަރުބާޒާއި ޝޫރާ ކައިވެނި ކޮށްފައި ވަނީ އާދީއްތަ ދުވަހު ގާތް މީހުނާއެކު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މުމްބާއީގައި ހުންނަ އަރްބާޒްގެ ކޮއްކޮ އަރްޕިތާ ޚާންގެ ގޭގައެވެ. […]
އަރްބާޒްއާއި މޭކަޕް އާޓިސްޓް ޝޫރާ ކައިވެނި ކުރަނީތަ؟

ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ޚާން އާއި ބޮލީވުޑްގެ ތަރިން މޭކަޕްކޮށްދޭ މަޝްހޫރު މޭކަޕް އާޓިސްޓް ޝޫރާ ޚާން ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދެ މީހުން ބައްދަލުވީ އަރްބާޒްގެ ކުރިއަށް އޮތް ފިލްމު ”ޕަޓްނާ ޝުކްލާ“ ގެ ސެޓުތަކުގައެވެ. ނަމަވެސް އަރްބާޒާއި ޝޫރާ ވެސް މިހާތަނަށް އެ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަރުބާޒާއި […]
އަހަރެންގެ ބައްޕައަކީ އެއް އިރެއްގައި ގޭންގް ސްޓާރެއް: އަޖޭ

ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ބައްޕަ އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަން އަކީ ފިލްމީ ދާއިރާއާ ގުޅުމުގެ ކުރިން މުމްބާއީގައި އުޅުނު ގޭންގްސްޓާރެއް ކަމަށް އަޖޭ ބުނެފިއެވެ. އަޖޭގެ ބައްޕަ ،ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަދި ސްޓަންޓް ކޮރިއޯގްރާފާ ވީރޫ ވަނީ 2019 ވަނަ އަހަރުގެ މެއި މަހު މަރުވެފައެވެ. ކޮފީ ވިތް ކަރަންގެ އެޕިސޯޑެއްގައި ދާދި ފަހުން އަޖޭ ވަނީ އޭނާގެ ބައްޕަ ވީރޫ ކެރިއަރު ފެށި ގޮތާއި މެދު ވާހަކަދައްކާފައެވެ. އަޖޭ ބުނީ […]
ކުނި މެނޭޖު ކުރުމަކީ ޤައުމުގެ އިޤްތިޞާދާއި ގުޅިފައިވާ ކަމެއް: މިނިސްޓަރު ޠާރިގު

ރާއްޖޭގައި އުފެދޭ ކުނި ސަލާމަތްތެރި ކަމާއެކީ މެނޭޖް ކުރުމަކީ ޤައުމުގެ އިޤްތިޞާދާއި ގުޅިފައިވާކަމެއް ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނަރޖީ އިން މ، ފ، ދ، އަދި ތ، އަތޮޅުގައި ކުރިއަށްދިޔަ ޓްރެއިނިންގ އޮން ވޭސްޓް މެނޭޖްމަންޓް އޮޕަރޭންސް އެންޑް ކޮމިއުނިޓީ އެންގޭޖްމަންޓް ނިންމާލުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. […]