ހިދާޔަތުގެ އަލި މަޖަލައްލާ ތައްޔާރުކޮށް ޕްރިންޓްކޮށް ދޭނެ ފަރާތެއް ހޯދަނީ 

ހިދާޔަތުގެ އަލި މަޖައްލާ ތައްޔާރުކޮށް ޕްރިންޓްކޮށް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އެ މިނިސްޓްރީން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ”ހިދާޔަތުގެ އަލި“ މަޖައްލާ ތައްޔާރުކޮށް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.  އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް މައުލޫމާތު ސާފު ކުރުމަށް ފަހު އެ މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ. މީގެ އިތުރުން […]

ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް މިނިސްޓަރު ޝަހީމް ސައުދީއަށް

ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް، ހައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާގެ ދައުވަތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސަޢޫދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހައްޖު އެންޑް ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށާއި ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް ޑރ. ޝަހީމް ކުރައްވާ މި ދަތުރުފުޅުގައި އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.  ހަމަ އެހެންމެ […]

ރައީސް މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.  ރައީސް އޮފީހުން ވިދާޅުވީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 7 އިން 12އަށް ކަމަށެވެ.  ރައީސް މުޢިއްޒު ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.  ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް […]

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން މަޖިލީހަށް ކުރިމަތި ނުލާން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ. އެގޮތުން ހިސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލް ކުރެއްވުމަށް ދާއިރާގެ ރައްޔިތުން ދިން ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ ހިސާން ވަނީ އޭނާގެ މަސައްކަތުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު […]

އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ ހަމަޖައްސައިފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯއަކަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އެޑިޔުކޭޝަން ފެޝިލިޓީގެ ކުރީގެ ޑީން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ފިޒާނާ ރަޝީދު ހަމަޖައްސައިފިއެވެ.  މިކަން ހާމަކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ފިޒާނާ އެ މަޤާމަށް ހަމަޖެއްސުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، އޭނާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން މުވައްޒަފުންނާއެކު ބޭއްވި އެ ބައްދަލުވުމުގައި މުވައްޒަފުންގެ މަޝްވަރާވެސް މިނިސްޓަރު މާރިޔާ ހޯއްދަވާފައިވާ ކަމަށް […]

ތަރައްޤީގެ ވިސްނުންތައް އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުން: ރައީސް މުޢިއްޒު

ތަރައްޤީގެ ވިސްނުންތައް އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ އާ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ހިޠާބުގައެވެ.  އެގޮތުން ރައީސް މުޢިއްޒުގެ ހިޠާބުގައި ވިދާޅުވީ ތަރައްޤީ ފެށިގެން އަންނަން ވާނީ ތިރިން މައްޗަށް ކަމަށެވެ.  ހަމަ އެހެންމެ ތަރައްޤީގެ ވިސްނުން އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަމަށް ވިދާޅުވެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ވެރިން މާތްﷲ އަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު […]

 2024 ވަނަ އަހަރު ދެބަސްވުންތަކާ ދުރުހެލިވާން ބޭނުން: ކަރީނާ 

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް މި ފެށޭ 2024 ވަނަ އަހަރު ދެބަސްވުންތަކާއި ދުރުހެލިވާން ބޭނުންވާ ކަމަށް ބުނެފިއެވެ.  މިވަގުތު ރައްޓެހިންނާއި އާއިލާއާއެކު ސްވިޒަލޭންޑްގެ ސްނޯ ފަރުބަދަތަކުގެ ތެރޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަރީނާ އޭނާގެ ސޯޝަލް މީޑިއާގައި ދާދި ފަހުން ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ކުރިއަށް އޮތް އަހަރަށް ތަބާވާން ބޭނުންވާ ބައެއް ކަންކަން ހިއްސާކޮށްފައެވެ.  ކަރީނާ ޝެއާ ކުރި ޕޯސްޓުގައި ބުނީ ”އަހަރެން މިހުރީ އަހަރެންގެ ހަޔާތުގައި އަމިއްލައަށް ޖަދަލުތަކުން ދުރުހެލިވާ […]

އަހަރެންގެ ލޯބީގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދުވަހަކުވެސް ނުދައްކާނަން: އަނަންޔާ 

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ އަނަންޔާ ޕާންޑޭ 25އ އޭނާގެ ލޯބީގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދުވަހަކުވެސް ނުދައްކާނެ ކަމަށް ބުނެފިއެވެ.  ބަތަލާ އަނަންޔާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގެ އެކްޓަރު އަދިތްޔާ ރޯއީ ޗޯޕްރާ 38އ އާއެވެ.  ލޯބީގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދުވަހަކުވެސް ނުދައްކާނެ ކަމަށް އަނަންޔާ ބުނެފައި ވަނީ ދާދި ފަހުން އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައެވެ.  އެގޮތުން ޑޭޓިން އެޕްލިކޭޝަންތަކުގައި އަދި ސޯޝަލް މީޑިއާގައި ލޯބީގެ ގުޅުންތަކުގެ ވާހަކަތައް ނުދައްކާނެ […]

ކުޅުދުއްފުށި އެއަރޕޯޓަށް ފުރަންދިޔަ ދިވެއްސެއްގެ ދަބަހުން ވަޒަނެއް ފެނިއްޖެ

ކުޅުދުއްފުށި އެއަރޕޯޓަށް ފުރަންދިޔަ ދިވެހި އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނިއްޖެއެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަން ފެނުނުކަމަށް ބުނެ އިއްޔެ ހަވީރު ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން އެޓެންޑް ވެފައިވާ ކަމަށެވެ.  އެގޮތުން ވަޒަން ފެނިފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށް ފުރަންދިޔަ ދިވެހި އަންހެނެއްގެ ދަބަހުން ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.  ހަމަ އެހެންމެ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ އިތުރަށް ތަޙުޤީޤު […]

ސައިފްއާއި އަމްރިތާ އެކުގައި ފެނުނީ ވަރަށް އުފާވެރިކޮށް: ޝަރުމީލާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އާއި އޭނާގެ ފުރަތަމަ އަންހެނުން ބަތަލާ އަމްރިތާ ސިންގް އެކުގައި ފެނުނީ ވަރަށް އުފާވެރިކޮށް ކަމަށް ސައިފްގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް ބުނެފިއެވެ.  ޝަރުމީލާ މިހެން ބުނެފައި ވަނީ ދާދި ފަހުން ސައިފް އާއެކު ބައިވެރިވި ކަރަން ޖޯހަރްގެ ޗެޓް ޝޯ، ”ކޮފީ ވިތް ކަރަން“ ގެ ސީޒަން 8 ގެ އެޕިސޯޑްގައި ވާހަކަދައްކަމުންނެވެ.    އެގޮތުން ހޯސްޓް ކަރަން ޖޯހަރާ ވާހަކަ ދައްކަމުން […]