ޗައިނާގެ ސާވޭ އުޅަނދުން ރާއްޖޭގެ އެއްވެސް ސާވޭއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ކައިރި ކުރަން އުޅުމުން އިންޑިއާ އިން ދެކޮޅު ހެދުމުން ސްރީ ލަންކާ ސަރަހައްދަށް ނުވެއްދި ޗައިނާގެ ސާވޭ އުޅަނދު ”ޝިއަންގް ޔަންގް ހޮންގް 3“ ރާއްޖޭގައި ބަނދަރު ކުރިޔަސް އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.  ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވަނީ މި އުޅަނދު ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށް އިންޑިއާގެ އަސްކަރީ ބައެއް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށް އިންޑިއާއިން ކަންބޮޑުވުން […]

މެދު ހެންވޭރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު އެމްޑީޕީ ދޫކޮށް ސަރުކާރާ ގުޅިއްޖެ

އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކޮށް މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ކަމަށް އިންތިހާބުވި އަހްމަދު ރިޝްވާން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ މިއަދު ގުޅިއްޖެ އެވެ.  މިކަން ހާމަކޮށް ޕީއެންސީން ބުނީ ރިޝްވާން މިއަދު އެ ޕާޓިއާ ގުޅިފައިވާ ކަމަށެވެ. ރިޝްވާން ވަނީ ޕީއެންސީއާ ގުޅުނު ފޯމު ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ހަވާލު ކުރައްވާފައެވެ.  މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި […]

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ“ މިއަދު އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން […]

ފައިސަލް ޖޭޕީން ވަކިވެ ވަޑައިގެންފި 

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފިއެވެ. ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފައިވީ ނަމަވެސް އެ މަނިކުފާނު މިހާތަނަށް އިތުރު ޕާޓީއަކާ އަދި ގުޅިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް މި މަހު 13 ގައި ބޭއްވި މާލޭ ސިޓި ކައުންސިލްގެ ބައި އިލެކްޝަންގައި ފައިސަލް ވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންފައެވެ.  ފައިސަލް ވަނީ 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ. އޭގެ ފަހުން، […]

ކުއްޖާ ނިޔާވުމުގެ ޒިންމާ ސަރުކާރުން ނަގަން އެމްޑީޕީން ގޮވާލައިފި

ހާލު ސީރިއަސްވެ ގއ. ވިލިނގިލިން މާލެ ގެނެސް ފަރުވާ ދެނިކޮށް މުހައްމަދު ޖާހު ހާލިދު 13އ ނިޔާވުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ގޮވާލައިފިއެވެ.  މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެމުން އަންނަނިކޮށް ޖާހު ނިޔާވެފައި ވަނީ އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ގެނައުމަށް ފްލައިޓެއް ނުލިބި ގިނައިރުވުމުންނެވެ. އެހެން ކަމުން އެމްޑީޕިން މިކަމަށް އިޝާރާތްކޮށް ނިޔާވި ކުއްޖާގެ […]

ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ނައިބު ރައީސް

ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅައި ތަރައްޤީވަމުން އަންނަ ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ.  ނައިބު ރައީސް މިހެން ވިދާޅުވީ ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ. ނައިބު ރައީސް ހުސައިން މުހައްމަދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ވަކި ބައްރަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމާއި، ލިބިފައި […]

 އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ ޔުގަންޑާގެ ކަމްޕާލާގައި މިހާރުކުރިއަށްދާ ނާމްގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާރނަލް މިނިސްޓަރ ޑރ. ޖައިޝަންކަރުއާއި ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޕޯސްޓެއްގައެވެ.  އެގޮތުން މިނިސްޓަރު މޫސާ ޒަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގަ ތިބި އަސްކަރީ ސިފައިން ރާއްޖެއިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މިހާރު ކުރިޔަށްދާ […]

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި އިދާރާއެއް އުފައްދަވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ”ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު“ ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.  މިއަދު އުފެއްދެވި އެ އިދާރާއަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ. ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ”ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ […]

ނައިބު ރައީސް ޔުގަންޑާއަށް ފުރާ ވަޑައިގެންފި

ޔުގަންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ފުރާވަޑައިގެންފިއެވެ.  ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޔުގަންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި ”ގްރޫޕް އޮފް 77 އެންޑް ޗައިނާ“ (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ހަމަ އެހެންމެ މި ދެ ސަމިޓުގައި ވެސް ނައިބު ރައީސް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.  ޖުމްލަ 120 […]

އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ހެލްތު މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފި

އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން މިނިސްޓްރީ އޮފް ހެލްތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.  ސިވިލް ކޯޓުން މިއަދު މި ހުކުމްކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކަކަށް މިނިސްޓްރީން ދައްކަންޖެހޭ ފައިސާތަކެއް ދައްކާފައި ނުވާތީ އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާތީއެވެ. މި މައްސަލައިގައި ހެލްތު މިނިސްޓްރީން ބުނީ އޭޑީކޭއިން […]