ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައިފި

ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައިފިއެވެ.  މިކަން ކުށްވެރިކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި ވަނީ ބޮޑުކަންނެލި މަސްވެރީންގެ ޔޫނިއަނުންނެވެ.  އެގޮތުން އެ ޔޫނިއަނުން ބުނީ އދ. މަހިބަދޫ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް އެ ދޯންނަށް ސިފައިންގެ ބަޔަކު އަރާފައިވާ ކަމަށެވެ.  އެންއެންޑީއެފުންވެސް ދެންމެ ބުނީ ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާ އަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު […]

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލޭންސްގެ ޚިދުމަތް ފަށަނީ

އަންނަ މާޗު މަހުން ފެށިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލޭންސްގެ ޚިދުމަތް ފަށަން ނިންމައިފިއެވެ.  ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ކޮލޮމްބޯއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވަނީ ލަންކާގެ ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވާފައެވެ.  މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެޑިކަލް އިވެކިއޭޝަން ފަދަ ކުއްލި ހާލަތްތަކުގައި އޮޕަރޭޓުކުރާ ފްލައިޓުތަކަށް ހުއްދަ ލިބޭނެ ގޮތަށް ފްރޭމްވޯކެއް […]

އިމާމުން ތަމްރީނު ކުރުމަށް ތައިލެންޑަށް ފޮނުވަނީ 

އިމާމުން ތަމްރީނު ކުރުމަށް ތައިލެންޑަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.  ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.  ޝަހީމް ވިދާޅުވީ އިމާމުންނަކީ އިލްމީގޮތުން ފުންނާބުއުސް މައުލޫމާތު ހުރި، އިލްމުވެރިން މެދުވެރިކޮށް އުނގަންނައިދެވިފައިވާ ވަރުގަދަ ޝަހުޝިއްޔަތުތަކަކަށް ހަދަން ބޭނުންވާ ކަމަށެވެ.  އެގޮތުން ތައިލެންޑަށް ފޮނުވައިގެން އިމާމުން ތަމްރީނު […]

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖުބޫރު ނުކުރަން ޑިމޮކްރެޓްސް އިން ގޮވާލައިފި

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖުބޫރު ނުކުރުމަށް ދަ ޑިމޮކްރެޓްސް އިން ސަރުކާރަށް ގޮވާލައިފިއެވެ. މިކަމަށް އިޝާރާތްކޮށް ދަ ޑިމޮކްރެޓްސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާއި ސަރުކާރަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގާ ޖަލްސާ ހުއްޓުވާފައި ވާތީ، ކަންބޮޑުވާ ކަމަށް ޑިމޮކްރެޓްސް އިން […]

މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަން ކުރުމަށް ނިންމަވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ހިމަނާފައިވާ ހަރަކާތުގެ ދަށުން، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.   މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ކަނޑައަޅާފައިވާ […]

ފުވައްމުލަކުގައި ގެނބިގެން ޒުވާނަކު ނިޔާވެއްޖެ 

ޏ. ފުވައްމުލަކުގައި މޫދަށް އެރިގެން އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ. މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ، ފުވައްމުލަކުގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 07:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.  އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.  ފުލުހުން ބުނީ ނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. […]

ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް ދިރާސާ ކުރަނީ

ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ދިރާސާކުރަން ފަށައިފިއެވެ.  މިކަން ހާމަކޮށްފައި ވަނީ މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ. މިއަހަރުގެ ޅެން ވެރިންގެ ދުވަސް ޚާއްސަކޮށްފައި ވަނީ ޅެން ވެރިޔާ ތިނަދޫ އަބްދުﷲ އަފީފް އަށެވެ.  މި އަހަރުގެ ޅެން ވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު […]

އިސްރާއިލުން ޣައްޒާގައި ހިނގަމުން އަންނަ ގަތުލުއާންމު ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މުޢިއްޒު

އިސްރާއިލުން ޣައްޒާގައި ހިނގަމުން އަންނަ ގަތުލުއާންމު ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ ފަލަސްޠީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަން ކަށަވަރު ކުރުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެންނެވެ.  އެގޮތުން ރައީސް މުޢިއްޒު ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގެ އަމަލުތައް ހުއްޓާލަން […]

މިނިސްޓަރުންނާ ސުވާލު ކުރުމަށް ކުރިއަށް ގެންދާ ”އަހާ“ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމް މިރޭ

މި ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމް ”އަހާ“ ގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.  މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ. ދެ މަހުން އެއްމަހު ކުރިއަށް ގެންދަން ނިންމާފައިވާ އެ ފޯރަމް އޮންނާނީ މިރޭ 8:30 ގައި ސަލްޓަން ޕާކުގައެވެ. ރައީސް އޮފީހުން ވިދާޅުވީ މިރޭގެ ފޯރަމުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، […]

ރާއްޖެއިން ތިން ކުއްޖަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ.  މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބަލިން ރައްކާތެރިވުމަށް ގަވައިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން މި ބަލި ވަނީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.  ނަމަވެސް މި ބަލީގެ ވޭދަނަ ރާއްޖޭގައި ވަރަށް މަދުން ފެންނަ ކަމަށާއި ގއ. ވިލިނގިލިން މި ބަލި ޖެހިފައިވާ ކުޑަކުދިންތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.  އެޗްޕީއޭއިން ބުނީ މި […]