ޏ. ފުވައްމުލަކުގައި މޫދަށް އެރިގެން އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.
މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ، ފުވައްމުލަކުގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 07:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މީގެ އިތުރުން މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.