މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އިސްތިއުފާ ހުށަހަޅުއްވާފައި ވާތީ، ހުސްވެފައިވާ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައްވައިފިއެވެ. އެގޮތުން މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 2024 ފެބުރުވަރީ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި މަޤާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު […]
ސީއެސްސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް 3 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ތިން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ހުސްވެފައިވާ ސީއެސްސީގެ މެމްބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ. ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެ މަޤާމުގައި ހުންނެވި، […]
ސަރުކާރަށް ނިސްބަތްވާ ފަރާތަކުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ރައީސް

ޝަރުޢީ ދާއިރާއަށް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވަނީ ދައުލަތް ހިންގުމުގެ ދެން އޮތް ދެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހާ، ޝަރުޢީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެކަމުގެ ޔަޤީންކަން […]
ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ސިޔާސަތުތައް ކަނޑައަޅައިފި

ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް މި ސިޔާސަތުތައް ކަނޑައެޅުއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް ’ބަލްކް ޕްރޮކިއުމަންޓް ނިޒާމު‘ ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް […]
ގުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

ގުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ މަޣުރިބު ނަމާދުން ފެށިގެން ވަގުތީ ގޮތުން ގުނޫތު ނާޒިލާ ކިޔަން ނުޖެހޭނެ ކަމަށެވެ. އެހެން ކަމުން މިކަން އިމާމުންނާއި، މުދިމުންނަށް އަންގައިދިނުމަށް އެދި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް އިދާރާތަކަށް އެ މިނިސްޓްރީން ވަނީ ސާކިއުލަރ ފޮނުވާފައެވެ. ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ފަސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ […]
ނަލަހިޔާ ހޮޓެލުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާފަންނު ނަލަހިޔާ ހޮޓެލުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން މިރޭ ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު އިރުއޮއްސި 18:22 ހާއިރު ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ ސަރަހައްދަށް ގޮސް ބެލިއިރު އެއީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސައުނާއިން އެރި ދުމެއް ކަމަށް ބުނެފައި ވެއެވެ. އެމްއެންޑީއެފުން ބުނީ އެތަނުން ދުންތައް ބޭރުކުރުމުގައި ފަޔާ ފައިޓަރުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. […]
މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެ ޤައުމުން އެއްބަސްވެއްޖެ

ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ އިންޑިއާ ސިފައިން މޭ 10 ވަނަ ދުވަހުގެ ކުރިން ބާލަން އެ ޤައުމުން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. މިއަދު އިންޑިއާގައި ބޭއްވި ދެ ޤައުމުގެ އިސްވެރިންގެ ބައްދަލުވުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ ސަރުކާރުން އެއްބަސްވީ، އަންނަ މަހުގެ 10ވަނަ ދުވަހުގެ ކުރިން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން، ރާއްޖެއިން ބޭލުމަށް ކަމަށެވެ. ހަމަ އެހެންމެ […]
ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށްދޭނަން: ރައީސް މުޢިއްޒު

މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސިލްސިލާގެ ދަށުން ރައީސް މިއަދު ޖަވާބުދެއްވީ، މަސްވެރިއެއް ކަމުގައިވާ ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީގެ ސުވާލަކަށެވެ. އެގޮތުން ޢަބްދުލްޣަނީ ސުވާލުކުރައްވާފައި ވަނީ […]
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިކަން ހާމަކުރައްވާފައި ވަނީ މިކަމާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. ޝުޖާއު ވިދާޅުވީ ޝަމީމަށް ހަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެކަން ކުރުމަށް ދުރާލައި ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. ނަމަވެސް މިހާރު އެއީ ކޮންބައެއްކަން ދެނެގަނެވިފައިވާ ކަމަށް […]
ބައްސާމްގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް އުފުލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް، އެ ޖަމްޢިއްޔާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރަން ފީފާގެ ފަރާތުން ދެމުންދިޔަ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް ވަނީ ހިޔާނާތުގެ […]