ރަޝިޔާއިން ކެންސަރުގެ ވެކްސިނެއް އުފެއްދުމާ ގާތަށް

ރަޝިޔާގެ ސައިންސްވެރިން ކެންސަރަށް ވެކްސިނެއް އުފެއްދުމާ ގާތްވެފައިވާ ކަމަށް އެ ޤައުމުގެ ރައީސް ވްލަޑްމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ. ފިއުޗާ ޓެކްނޮލޮޖީ ފޯރަމްގައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ ކެންސަރަށް ވެކްސިންތަކާއި އާ އިމިއުނޯމޮޑިއުލޭޓަރީ ބޭސްތައް އުފެއްދުމާ ވަރަށް ގާތަށް އައިސްފައިވާ ކަމަށެވެ. އެގޮތުން މި ފަރުވާތަކަކީ ވަރަށް އަވަހަށް ބޭނުން ކުރެވޭނެ ފަރުވާތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕޫޓިން އިތުރަށް ވިދާޅުވެފައި ވެއެވެ. ރަޝިޔާގެ ސައިންސްވެރިން ކެންސަރަށް ވެކްސިނެއް އުފެއްދުމާ ގާތްވެފައިވާ ކަމަށް ރައީސް ޕޫޓިން […]

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫއުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފި

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 ގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގައި ގއ. އަދި ގދ އަތޮޅުގެ 17 ރަށުން އިމާމުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 64 އިމާމުން ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުންނަށް އަމާޒުކޮށްގެން އިމާމުކަމުގެ ފަންނުގައި އިމާމުންގެ […]

އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައިވެސް އަލިރަސްގެފާނުގެ ޖިހާދުގެ ހަނދާން އާކުރަން ޖެހޭ: ނައިބު ރައީސް

ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައިވެސް އަލިރަސްގެފާނުގެ ޖިހާދުގެ ހަނދާން އާކުރަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އަލިރަސްގެފާނުގެ ގުރުބާނީ ތާއަބަދަށް ހަނދާން ކުރަން ޖެހޭނެ ކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައިވެސް އަލިރަސްގެފާނުގެ ޖިހާދުގެ ހަނދާން އާކުރަން ޖެހޭ ކަމަށެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ މި […]

ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

ކ.ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައިކޯޓުން އަމުރުކޮށްފިއެވެ. ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރު ކުރި އިރު އެ ފަޅުން ހިއްކަން ހަމަޖެހިފައިވާ 150 ހެކްޓަރުގެ ބިމުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކާ ނިންމާފައެވެ. ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާކަމަށް ބުނެ، އެ މަޝްރޫޢު ހުއްޓުވަން އެދި އެ މައްސަލަ ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު އެވެ. އެގޮތުން މި […]

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ގާއިމްކުރަނީ

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމް ކުރުމަށްޓަކައި ކުންފުންޏަކާއެކު ސޮއި ކޮށްފިއެވެ. މިކަން ހާމަކޮށް އެޗްޑީސީން މިއަދު ބުނީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމް ކުރުމަށްޓަކައި، އެ ކޯޕަރޭޝަނުން ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން މުޅި ޖުމްލަ 32 އާ ލިފްޓް ބަހައްޓާނެއެވެ. މީގެ ތެރޭގައި ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ހިމެނޭކަމަށް އެޗްޑީސީން ހާމަކުރެއެވެ. އެޗްޑީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް މިހަރު ފަށާފައި […]

ރައީސް ޔާމީނުގެ ތާއިދާއެކު 83 ކެންޑިޑޭޓުން ވާދަކުރައްވާނެ, 36 އެއީ ޕީއެންސީ ތެރެއިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ތާއީދާއެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 83 ކެންޑިޑޭޓުން ވާދަކުރައްވާނެކަމަށް އެމަނިކުފާނުގެ ފަރާާތްޕުޅުން ހާމަކުރައްވައިފިއެވެ. ރައީސް ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާ އެކު މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ 28 ބޭފުޅަކު އިއްޔެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި 19 ބޭފުޅަކު މިއަދު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ތާއީދާއެކު […]

މިދަނީ ބީއެމްއެލްގެ ކާޑު ލިމިޓް މުރާޖާކުރަމުން، އައު ލިމިޓެއް އަދި ކަނޑައެއް ނާޅަން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ލިމިޓު މުރާޖައާކުރަމުންދިޔަ ނަމަވެސް މިހާތަނަށް އައު ލިމިޓެއް ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައަޅާފައިނުވާ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން ބުނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓުތައް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. ހަމަ އެހެންމެ މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށާއި އަދި އާ ލިމިޓަކަށް […]

އީ-ޓުކުރިއާއި ޕިކްޕޯސްޓު ޚިދުމަތުގެ ސަބަބުން އެތައް ދިވެހިންނަކަށް ފަސޭހަތަކެއް ލިބިގެންދޭ: އާދަމް ޝަރީފް

އީ-ޓުކުރިއާއި ޕިކްޕޯސްޓު ޚިދުމަތުގެ ސަބަބުން އެތައް ދިވެހިންނަކަށް ފަސޭހަތަކެއް ލިބިގެންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ ”ޕޯސްޓަލް ފޯރަމް“ ފެށުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އާދަމް ޝަރީފް ވިދާޅުވީ ޕޯސްޓުގެ ޚިދުމަތަކީ ކޮންމެ ރަށަކުންވެސް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހަދަންޖެހޭ ކަމަށެވެ. ޕޯސްޓުގެ ޚިދުމަތް ކުރިއަރަމުންދާއިރު، އީ-ޓުކުރިއާއި ޕިކްޕޯސްޓުގެ ޚިދުމަތަކީވެސް ދިވެހިންނަށް އެތައް ފަސޭހަތަކެއް […]

ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަންގައި ބައިވެރިވުމަށް ލަފާދެއްވައިފި

އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު އެއްބަސްވުން ކަމުގައިވާ ”އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއަރޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން“ ނުވަތަ ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީ.ބީ.އެން.ޖޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު […]

ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ކަމަށް ބުނެ ސްކޭމް ކޯލުތަކެއް، ސަމާލުވޭ!

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ކަމަށް ބުނެ ސްކޭމް ކޯލްތަކެއް ކުރަމުން އަންނާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ. ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓް ތަކަކަށް ފައިސާ ޖަމާ ކުރުމަށް ފޯން ކޯލްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.   މިގޮތުން ފައިސާ ޖަމާކުރުމަށް އެދެނީ އަމިއްލަ ފަރުދެއްގެ […]