ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ކަމަށް ބުނެ ސްކޭމް ކޯލުތަކެއް، ސަމާލުވޭ!

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ކަމަށް ބުނެ ސްކޭމް ކޯލްތަކެއް ކުރަމުން އަންނާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓް ތަކަކަށް ފައިސާ ޖަމާ ކުރުމަށް ފޯން ކޯލްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން މިކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.  

މިގޮތުން ފައިސާ ޖަމާކުރުމަށް އެދެނީ އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ކަމަށާއި އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ޙައްޖު ކޯޕަރޭޝަނުން ނާންގާނެ ކަމަށްވެސް، އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

 މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާދައްކަން ޖެހޭނީ ”މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް“ގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓުތަކަށް އެކަނި ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް