ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދޭނަން: ރައީސް މުޢިއްޒު

ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ގދ. ތިނަދޫ ސިޓީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ތިނަދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، މި ސަރުކާރުން ތިނަދޫ ސިޓީ ޙަޤީޤީ މާނާގައި ތަރައްޤީ ކުރާނެ ގޮތްތައް ތަފުޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ ތިނަދޫއަކީ މި ސަރުކާރުގެ ތަރައްޤީ ޕްލޭންގައި ހިމެނޭ، ސަރަހައްދީ […]
ދުންކީ އަކީ ޚާއްސަ ފިލްމެއް އަދި އަހަރެންގެ ހިތާ ގާތް ފިލްމެއް: ޝާހު

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި ”ދުންކީ“ އަކީ ޚާއްސަ ފިލްމެއް ކަމަށާއި އަދި އޭނާގެ ހިތާ ގާތް ފިލްމެއް ކަމަށް ބޮލީވުޑްގެ ސުޕަ ސްޓާރް ޝާހުރުކް ޚާން ބުނެފިއެވެ. ޝާހު ލީޑް ރޯލުން ފެނިގެންދާ ދުންކީ އާއި ގުޅޭގޮތުން ޝާހު ބުނީ މިއީ އޭނާގެ އެންމެ ”ޚާއްސަ“ އެއް ފިލްމު ކަމަށެވެ. މިއީ އޭނާގެ ހިތާ ވަރަށް ގާތް ފިލްމެއް ކަން ހާމަކޮށް ޝާހު ބުނީ މި ރީތި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނާ […]
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ތިނަދޫ ފަޅު ހިއްކައިގެން ތަރައްޤީ ކުރަން ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ. އެގޮތުން ސަރުކާރުން ވިދާޅުވީ ތިނަދޫ ފަޅު ހިއްކައިގެން ތަރައްޤީ ކުރަން ހަމަޖެހިފައިވާ އެއާޕޯޓަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށާއި އެ މަޝްރޫޢުގެ ހުރިހާ ޚަރަދެއް ކުރާނީ އެއަރޕޯޓު ތަރައްޤީކުރާ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން ކަމަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ […]
ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އައިޑީކާޑު ދޫކުރަން ޑީއެންއާރުން ނިންމައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އާ ކުރުމަށްފަހު ނުވަތަ އަލަށް ކާޑު ހެއްދުމަށްފަހު ވެސް ކާޑު ނެގުމަށް ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އެހެން މީހުންނަށް އައިޑީކާޑު ދޫކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރް)އިން ބުނެފިއެވެ. މިކަން ހާމަކޮށް ޑީއެންއާރުން ނެރުނު ސާކިއުލާއެއްގައި ބުނީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އައިޑީކާޑުގެ ވެރިފަރާތްނޫން އެހެން ފަރާތަކަށް ކާޑު ދޫކުރަން ނިންމާފައިވާ ކަމަށެވެ. ކާޑުގެ ވެރިފަރާތް ހާޒިރު ނުވި ނަމަވެސް ވެރި ފަރާތުގެ ސިޓީއެއް ހުށަހަޅައިގެން […]
މަޑަވެލީ ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

ގދ. މަޑަވެލީ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް އޭޓީއެމްގެ ޚިދުމަތް އެ ރަށުގައި ފޯރުކޮށްދިނުމަށް މަޑަވެލީ ކައުންސިލުން އެދިއްޖެއެވެ. މަޑަވެލީ ކައުންސިލުން މިގޮތަށް އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ. އެގޮތުން މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ މަޑަވެލީގެ ބިންހިއްކުމާއި އެރަށަށް ހައުސިންގ ޔުނިޓްތައް ބޭނުންވާ ކަމަށާއި، ބަނދަރުގެ […]
ފިޔޯރީއަށް ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވޭ: ކައުންސިލް

ގދ. ފިޔޯރީއަށް ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވާކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ. ފިޔޯރީ ކައުންސިލުން މިކަން ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ފިޔޯރީ ކައުންސިލުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސްކޫލްގެ […]
މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިކަން ހާމަކޮށްފައި ވަނީ އިސްކަންދަރުކޮށީގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު އެވެ. އެގޮތުން ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތު ހަތަރު މީހަކަށް ކުރެވޭ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. […]
ސައްހަ ނޫން ޑޮލަރާއެކު ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް

ސައްހަ ނޫން ޑޮލަރާއެކު ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސްޖަހައިފިއެވެ. މި މައްސަލައިގައި ސައްހަ ނޫން ޑޮލަރާއެކު ހައްޔަރުކޮށްފައި ވަނީ މާލެ އަށް ނިސްބަތްވާ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ ޑޮލަރު ލިބުނީ މީހަކަށް ކޮށްދިން މަސައްކަތެއްގެ އުޖޫރައެއްގެ ގޮތުން ކަމަށާއި ސައްހަ ނޫން ޑޮލަރެއްކަން އެނގުނީ މާރުކުރަން […]
މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތަށް:ރައީސް މުޢިއްޒު

މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު އިރުޝާދިއްޔާ ސްކޫލްގައެވެ. އެގޮތުން އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައިކަން ފާހަގަކުރައްވައި، މި ސަރުކާރަށް ކުރީ ސަރުކާރުން ޖުމްލަ 120 ބިލިޔަން […]
އިސްރަށްވެހިންގެ ނާދީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުވައިދެއްވައިފި

އިސްރަށްވެހިންގެ ނާދީގެ ނަމުގައި މި ސަރުކާރުން ތަރައްޤީކުރި އިސްރަށްވެހިންގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހުޅުވައިދެއްވައިފިއެވެ. މިއީ ސަރުކާރުގެ ހަފްތާ14 ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާ ކުރުމުގެ މަޝްރޫޢުގެ ތެރެން ބިނާކުރެވުނު ފުރަތަމަ މަރުކަޒެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި ދިވެހިންގެ އަސާސްތަކުގެ މަތިން ހަނދާން ބަހައްޓަން ޖެހޭ ކަމަށާއި، އެގޮތުން އިސްލާމް ދީނާއި […]