ސަރުކާރު މުއައްސަސާތަކުގެ ވެރިންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ފަނޑިޔާރުންނާއި، ލޯކަލް ކައުންސިލަރުންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައެވެ. އެގޮތުން މާލިއްޔަތު ކޮމިޓީން ފުރަތަމަ ނިންމި ނިންމުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އަދި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ވެސް ބޮޑުކުރަން ނިންމާފައިވީ ނަމަވެސް އާންމުރައްޔިތުންގެ ފާޑު […]

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އިންޒާރު ދިނުމުން ހަތަރު މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އިންޒާރު ދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 13:20 އެހާކަންހާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހިން ޓްރެފިކް ގަވައިދާ ހިލާފަށް އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑު ކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދިއުމުން ދެވަނަ ފިޔަވަހިން […]

ނަރުދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވައިފި

ށ. ނަރުދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ހިއްސާކުރައްވައިފިއެވެ. ނަރުދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހިއްސާކުރައްވާފައި ވަނީ ރައީސް މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު މިލަންދޫ ކައުންސިލް އިދާރާގައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ކަން […]

ނޮޅިވަރަންފަރުގައި ޞިއްޙީ ފަރުވާދޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭ ދާއިރާތަކުގެ ޑޮކްޓަރުން އިތުރުކޮށްދޭނަން: ރައީސް

ހދ. ނޮޅިވަރަންފަރުގައި ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ނޮޅިވަރަންފަރުގައި ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރު ކޮށްދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ޚިދުމަތްދެވޭ ތަނަކަށް […]

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފިއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި ”ފޯމު ހުށަހެޅުން“ މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. އިނާމަށް ނަން ހުށަހެޅޭނީ، މިއަދުން ފެށިގެން 2024 […]

ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ދިއްދޫގައި ތަރައްޤީ ކޮށްދޭނަން: ރައީސް

ގިނަ ޚިދުމަތްތައް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލް އިމާރާތެއް ހއ. ދިއްދޫގައި އަޅައި، ޞިއްޙީ ޚިދުމަތް ރަނގަޅުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދިއްދޫގައި ތަރައްޤީ ކުރާ ހޮސްޕިޓަލް އިމާރަތް ވެގެންދާނީ ރައްޔިތުން އެދޭފަދަ އަދި މުޅި އަތޮޅަށްވެސް އޭގެ ފައިދާ ލިބިގެންދާނެ ތަނެއް ކަމުގައެވެ. ހަމަ އެހެންމެ މިހާރު އޮތް އެމްބިއުލަންސްގެ އިތުރުން އެމްބިއުލަންސެއް ހޯދައިދިނުމާއި […]

ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު އިފުތިތާހު ކޮށްދެއްވައިފި

ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާހު ކޮށްދެއްވައިފިއެވެ. އެ މަނިކުފާނު މި މަޝްރޫޢު އިފުތިތާހު ކޮށްދެއްވާފައި ވަނީ، މިއަދު މެންދުރުފަހު ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އާންމު ޞިއްޙީ ޚިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން […]

މިސްކިތްތަކުގެ ޙާލަތު ދެނެގަތުމަށް ”މޮސްކު މެނޭޖްމަންޓް ޕޯޓަލް“ އިފްތިތާހު ކޮށްފި!

މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގެ 6.3 ގައި ބަޔާންކުރައްވާފައިވާ އަދި މީގެ ދަށުން ހަފްތާ 14 ގައި ނިންމުމަށް ހަމަޖެހިފައިވާ މޮސްކު މެނޭޖްމެންޓު ޕޯޓަލް އިފްތިތާހްކޮށްފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝުޖާޢު އަބްދުލް ހަކީމްއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕޯޓަލްގެ އެހީގައި […]

މާފުށީ ވޯޓާ ސްޕޯޓްސްއާ ދިމާއަށް ގެނބުނު މީހަކު މަރުވެއްޖެ

ކ. މާފުށި އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާ ދިމާ މޫދަށް ގެނބިގެން މީހަކު މަރުވެއްޖެއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި ބުނީ މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސްއާ ދިމާލުން ނެރުކައިރިއަށް މީހަކު ގެނބިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:25 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އޭނާ މާފުށީ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ކަމަށް ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން ފުލުހުން ބުނީ މި […]

ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ. ފައިސަލް އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ މިއަދުއެވެ. އެ މަނިކުފާނު އެމްޑީޕީއާ ސޮއިކުރެއްވި ކަމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އެމްޑީޕީއާ ގުޅިވަޑައި ގަތުމަށްފަހު ފައިސަލް ވިދާޅުވީ ރައްޔިތުންނާއި ގާތުން އަދި ރައްޔިތުންނަށް ހިތްހަމަޖެހޭ މިންވަރަށް ޚިދުމަތް ކުރެވޭނީ އެމްޑީޕީ ފިކުރުން ކަމަށެވެ. އަދި އެ މަނިކުފާނު އަބަދުވެސް ހުންނެވީ އެމްޑީޕީ […]