ސަރުކާރުން މަސައްކަތް ކުރަނީ، އިޤްތިޞާދުގައި ބުންވަރު ޖައްސައި އިންވެސްޓަރުންގެ އިތުބާރު ހޯދަން: ރައީސް

މި ސަރުކާރުން މަސައްކަތް ކުރަނީ، އިޤްތިޞާދުގައި ބުންވަރު ޖައްސައިދީ، ރާއްޖެއަށް އިތުރު އިންވެސްޓަރުން ގެނެސް، އިންވެސްޓަރުންނަށް އިތުބާރު ހޯދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިރޭ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ކެންދޫގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ’އިންވެސްޓަރ ކޮންފިޑެންސް‘ ނުގެނެސް ރާއްޖެއަށް އާމްދަނީ އިތުރެއް ނުވާނެ ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެ މަނިކުފާނު ވަނީ ރައްޔިތުންނާ […]
ދުވާފަރުގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ހަމަޖައްސައިދޭނަން: ރައީސް

ރ. ދުވާފަރުގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް އިސްކަންދޭ ކަމެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުވާފަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. ދުވާފަރު ކައުންސިލުގެ އިދާރާގައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ބޭނުންވާ ކަމަށާއި […]
ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ފުދުންތެރި، މިނިވަން ރައްޔިތަކަށް ހަދަން: ރައީސް

މި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފަތިބި ރައްޔިތަކަށް ހަދަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިނގުރައިދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ’ފުޑް ސެކިއުރިޓީ‘ ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، […]
ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭ

މި ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އުނގޫފާރުގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް […]
ޓްރާންސްޖެންޑާ އޮޕްޝަނެއްގެ ގޮތުގައި އޮތީ އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން އޮޅުމަކުން: ޣިޔާސުއްދީން ސްކޫލް

ޓްރާންސްޖެންޑާ އޮޕްޝަނެއްގެ ގޮތުގައި އޮތީ އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން އޮޅުމަކުން ކަމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ބުނެފިއެވެ. އެ ސްކޫލުން މިހެން ބުނެފައި މިވަނީ މި އަހަރު އެ ސްކޫލްގެ ގްރޭޑް އެކަކަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި އެޑްމިޝަން ފޯމުގައި ޖިންސު ޖަހަން ޖެހޭބައިގައި ޓްރާންސްޖެންޑާއަކީ އޮޕްޝަނެއްގެ ގޮތުގައި ހިމަނާވައިވާ ކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ފާޑުކިޔުންތައް އަމާޒުވެފައި ވާތީއެވެ. އެގޮތުން މިކަމަށް އިޝާރާތްކޮށް އެ ސްކޫލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެޑްމިޝަން […]
އަލިފުށީ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމަށް މަޝްވަރާކޮށްފި

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. އަލިފުށީ ކައުންސިލުން މިކަމާމެދު މަޝްވަރާ ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަލިފުށީ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. އެގޮތުން މި ބައްދަލު ކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން […]
ބިދޭސީން ދިރިއުޅޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގައި ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން މިރޭ ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އަދި އެ ތަނުގައި ދިރިއުޅެމުން ދިޔައީ ބިދޭސީންގެ ބަޔަކު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. އެމްއެންޑީއެފުން ބުނީ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުންގެ މަސައްކަތުން އެ ތަނުގައި ރޯވި އަލިފާންގަނޑު މިރޭ 6:23 ހާއިރު ނިއްވާލެވިފައިވާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ، އެ އިމާރާތުގައި […]
ކުޑަ ކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ހިންގުމުގެ ކުށުގައި އަންހެނަކު ހޯދަނީ

ކުޑަ ކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ހިންގުމުގެ ކުށުގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލައިގައި ފުލުހުންގެ ވެބްސައިޓުގައި ފޮޓޯ އާންމުކޮށް ހޯދަމުން އަންނަނީ ކ. މާލެ / މ. ތަރިވިލާގެ، ފާޠިމަތު އަޙްމަދު (37އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން 2024 މާރިޗު 4 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. ފާޠިމަތު އަޙްމަދު ހޯދަމުންދަނީ ދައުލަތުން […]
ގދ. ވާދޫ ކައުންސިލްގެ މެންބަރުން ސަސްޕެންޑްކޮށްފި

ގދ. ވާދޫ ކައުންސިލްގެ މެންބަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ. ވާދޫ ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ އެ ކައުންސިލް މެންބަރުންނާއި މުވައްޒަފުންނާއި ގުޅޭގޮތުން ބަލަމުންދިޔަ 27 މައްސަލައެއް ބެލުމަށްފަހުއެވެ. އެލްޖީއޭއިން ބުނީ އެ ކައުންސިލާ ގުޅޭގޮތުން އެ އޮތޯރިޓީން ހަދާފައިވާ އިންކުއަރީއަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ވަޒީރު ހުއްދަދެއްވައިގެން ހަދާފައިވާ އިންކުއަރީއެއް ކަމަށާއި މި އިންކުއަރީ ކުރިޔަށް ގެންދިއުމުގައި މައްސަލަ ރައްދުވާ ކައުންސިލް މެމްބަރުންނަށް […]
ފޮއްދޫގެ ބައެއް ރައްޔިތުންގެ ސޮޔާއެކު، ބަނދަރު ހެދުމަށް ބޭނުންވާ ޑިޒައިން ރައީސްއާ ހިއްސާކުރައްވައިފި

ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި މިހާރު ފާސްކޮށްފައިވާ ޑިޒައިންއާ ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ. މި ކަންބޮޑުވުންތައް އެ މަނިކުފާނާއި ހިއްސާކުރައްވާފައި ވަނީ މިހާރު ރައީސް ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ނ އަތޮޅުގެ ހޮޅުދޫއަށް ވަޑައިގެން ހުންނަވަނިކޮށް ފޮއްދޫގެ ބައެއް ރައްޔިތުންގެ އެދުމުގެ މަތީން އެބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން މިއަދު ހޮޅުދޫގެ ކައުންސިލް އިދާރާގައި […]