މަސްތުވާތަކެތި ވިއްކުން ހުއްޓުވުމަށް ކަނޑު އުޅަނދުގައި ”ވެސެލްސް ޓްރެކިންގ ޑިވައިސް“ ހަރު ކުރަނީ

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި ”ވެސެލްސް ޓްރެކިންގ ޑިވައިސް“ ހަރުކޮށް މޮނިޓަރކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ވެސެލް ޓްރެކިންގ ޑިވައިސްއެއް ހަރުކޮށް މޮނިޓަރކުރުމަށް […]
ހުޅުމާލެ ފޭސް 2 ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި

އެޗްޑީސީން ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލޭ ފޭސް ދޭއް ގައި މަސް މާރުކޭޓެއް އަދި ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ. އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުން ކަމަށެވެ. އެގޮތުން ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ހާބަރު ސަރަހައްދުގައި މަސް މާރުކޭޓެއް ހުޅުވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ. އަދި މި މަސް މާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން […]
މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މޯބައިލް ފޯނުތަކެއް އަތުލައިގެންފި

މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މޯބައިލް ފޯނުތަކެއް އަތުލައިގެންފިއެވެ. ފުލުހުން މިއަދު ބުނީ މި މަހުގެ 6 ވަނަ ދުވަހު މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ބަލަމުންދާ، މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން […]
ކަލަންޑަރުގައިވާގޮތަށް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްވުން ގާތް!

ކަލަންޑަރުގައިވާގޮތަށް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްވުމުގެ ފުރުސަތުބޮޑެވެ. މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާނީ މިރޭގެ ހަނދު މިއަދުގެ އިރު އޮއްސުމަށް ފަހު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފެންމަތީގައި ހުރެގެންނެވެ. އެގޮތުން މިއަދު އިރުއޮއްސި 18:26 ގައި ހަނދު ފެންނަން ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. އަދި މާލެއަށް މިއަދު އިރު އޮއްސޭނީ 18:20 ގައި ކަމަށް ދައްކައެވެ. އެހެންކަމުން ހަނދު ފެނިއްޖެނަމަ މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ […]
ސަރުކާރުން ހިލޭ ދޭ ކާޑު ބަހަން ފަށައިފި

ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ ބަހަން ސަރުކާރުން ނިންމި ހަނޑުލާއި ފުށް ބެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މާލޭސިޓީގައި ކާޑު ބެހުމުގެ މަސައްކަތް ކުރިއަށްދަނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. ސިޓީ ކައުންސިލުން ބުނީ ރޯދަމަހާ ދިމާކޮށް ސަރުކާރުން ބަހާ ކާޑު ބަލާ ދާން ޖެހޭނީ ދިވެއްސަކު ކަމަށާއި ހަނޑޫ އަދި ފުށް ބަލާ ދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންދަން ޖެހޭނެ […]
އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ފިޔާގެ އަގުހެޔޮކޮށްފިއެވެ. ފިޔާގެ އަގުހެޔޮ ކޮށްފައި ވަނީ ރޯދަމަހާއި ދިމާކޮށް އަތްފޯރާ އަގުގައި ކާބޯތަކެތީގެ ބާވަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން އެސްޓީއޯއިން ވަނީ ފިޔާ ކިލޯއެއް 17ރ. އަށް ކުޑަކޮށްފަ އެވެ. އަދި ފިޔާ ބަސްތާއެއް މިހާރު ވިއްކަނީ 320 ރުފިޔާއަށް ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ. މި ބަދަލާއެކު 20 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއަކުން މިވަނީ 3 ރުފިޔާ އަގު ހެޔޮވެފައެވެ. މީގެ […]
އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ ބޮޑުތަނުން ބޭއިންސާފުވެފައި: ބަންޑާރަަނައިބު

ފާއިތުވެދިޔަ 65 އަހަރު ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކުގެ އިންސާފު ހޯއްދަވައި ދެއްވުމަށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އުފައްދެވި އިންތިޤާލީ އިންސާފުގެ އޮފީހުން ވެފައިވަނީ ބޮޑުތަނުން ބޭއިންސާފު ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހްގެ ސަރުކާރުން 2020 ވަނަ އަހަރު އުފެއްދެވި އިންތިޤާލީ އިންސާފުގެ އޮފީހަށް 489 މައްސަލަ ހުށަހެޅި ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. ކުރީ ސަރުކާރު ނިމުނުއިރު އޭގެތެރެއިން 453 މައްސަލަ ނިންމާފައި އޮތް ކަން […]
ނަސްލެއް ނައްތާލަން އިންސާނިއްޔަތާ ޚިލާފަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް ފިޔަވަޅު އަޅަން ޖެހޭ: ދިވެހިރާއްޖެ

ނަސްލެއް ނައްތާލަން އިންސާނިއްޔަތާ ޚިލާފަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް ފިޔަވަޅު އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ފަލަޞްޠީނުގެ މައްސަލައިގައި އޯއައިސީއިން ބޭއްވި ޚާއްޞަ ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިނގަމުންދާއިރު އަޅައި ނުލައި ތިބެވެން ނެތް ކަމެވެ. ހަމަ އެހެންމެ އަމާންކަމާއެކު އުޅުމުގެ ޙައްޤު ފަލަޞްޠީނުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އޮންނަން ޖެހޭނެ ކަމަށާއި ބައިނަލްއަޤުވާމީ ޤާނޫނަށް […]
މަސްތުވާތަކެތީގެ މައްސަލައެއްގައި މ.އަތޮޅުން 10 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މ.އަތޮޅުން 10 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ހިފައިގެން ފަޅުރަށަކަށް ދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާރިޗު 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މުލި ޕޮލިސް ސްޓޭޝަނާއި ކޮޅުފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށްފައިވަނީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންނެވެ. ފުލުހުން ބުނީ އެމީހުން […]
އިންޑިއާގެ އަސްކަރީ މަރުކަޒެއް މާދަމާ މަލިކުގައި ހުޅުވަނީ!

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި އިންޑިއާގެ ލަކްޝަދީޕްގެ މަލިކު ގައި ހިންގަމުން އައި ކަނޑުގެ ސިފައިންގެ މަރުކަޒު ވަރުގަދަކޮށް، ވަކިން ހިންގާ މައި މަރުކަޒެއްގެ ގޮތުގައި މާދަމާ ބޭނުންކުރަން ފަށާނެއެވެ. މިއީ ރާއްޖެ ވަށައި އިންޑިއާއިން ޤާއިމް ކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގެ ތެރެއިން 10 ވަނަ ބޭސް އެވެ. އިންޑިއާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ މަލިކަކީ ލަކްޝަދީޕްގެ އެންމެ ދެކުނު ކަމަށް ވާއިރު މިއީ ކަނޑުދަތުރުތަކުގެ މުހިންމު މަގަކާއި މުއާސަލާތާ […]