ހުޅުމާލެ ފޭސް 2 ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

އެޗްޑީސީން ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލޭ ފޭސް ދޭއް ގައި މަސް މާރުކޭޓެއް އަދި ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ. 

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުން ކަމަށެވެ. 

އެގޮތުން ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ހާބަރު ސަރަހައްދުގައި މަސް މާރުކޭޓެއް ހުޅުވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.  އަދި މި މަސް މާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވާފައިވާ މަސްމާރުކޭޓެއް ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މަސް މާރުކޭޓުގެ އިތުރުން، އެ ކޯޕަރޭޝަނުން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވާފައެވެ. އެޗްޑީސީން ބުނީ ލޯކަލް މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2  އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައި ކަމަށެވެ.

 މިގޮތުން މި ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކުރެވިފައި ކަމަށާއި ރޯދަ މަސް ފެށުމާއި އެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް ދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ މި މާރުކޭޓުގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާއާއި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަޖެއްސައިދިނުން ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް