ރާއްޖޭގެ ސަރަޙައްދު ދެން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް:ރައީސް

ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަޙައްދާއެކު ބޮޑު ޤައުމެއް ކަމަށާ، ރާއްޖޭގެ ސަރަޙައްދު ދެން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއަކީ 9 ލައްކަ […]

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނިކޮށް އަތުލައިގަތް ހަތް ބިދޭސީން ޑީޕޯޓް ކުރަނީ

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނިކޮށް އަތުލައިގަތް ބިދޭސީން ޑީޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.  އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނީ އެ ބިދޭސީން އަތުލައިގެންފައި ވަނީ އާންމުންގެ […]

ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ޓެލެގްރާމް ގުރޫޕެއް އަތުލައިގެންފި

ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ޓެލެގްރާމް ގުރޫޕެއް އަތުލައިގެންފިއެވެ. މިކަން ހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ”ޖަޒީރާ އެޑްމިން“، ”ޖަޒީރާ ގާރލްސް“، ”ޖަޒީރާ އެސްކޯޓް ގެލެރީ“، ”ޖަޒީރާ ސްކޭމް އެލާޓް“ އަދި ”ޖަޒީރާ ލިންކް ޚަބަރު“ގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލްމަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި މި ޗެނަލްތައް ހިންގާކަމުގެ ތުޙުމަތުގައި މި މަހުގެ 6 […]

ތިލަފުށީގައި ހުރި އިންޓަނޭޝަނަލް ފިއުލް ފާމް އިހަވަންދިއްޕޮޅަށް ބަދަލު ކުރަނީ

ތިލަފުށީގައި ހުރި މޯލްޑިވްސް އިންޓަނޭޝަނަލް ފިއުލް ފާމް އިހަވަންދިއްޕޮޅަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރަން އެސްޓީއޯއާއި ނެދަލޭންޑްސް ގެ ކުންފުންޏެއް ކަމަށްވާ ވިޓޯލް އިން އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވަނީ އިހަވަންދިއްޕޮޅުގައި ފަށަން ބޭނުންވާ ވަރަށް ބައިވަރު ޕްރޮޖެކްޓުތަކެއް އެބަހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު […]

އީސީގެ ނައިބު ރައީސްގެ މަޤާމަށް ނަޝާތު ހަމަޖައްސައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްގެ މަޤާމަށް މެންބަރު އެ ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާތު އައްޔަނު ކުރައްވައިފިއެވެ.  ނަޝާތު އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ އެކޮމިޝަންގެ މެންބަރު ކަމުގައި އަދި ނައިބު ރައީސްކަމުގައި ކުރިން ހުންނެވި އިސްމާޢީލް ޙަބީބުގެ ދައުރު ހަމަވުމާއިގުޅިގެންނެވެ. އީސީން މިއަދު ބުނީ އެ ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިއަދު ބޭއްވި ކޮމިޝަނުގެ ޢާންމު ޖަލްސާއިން، އީސީގެ ނައިބު ރައީސްގެ މަޤާމަށް އއ. ފެރިދޫ، ހާލި، ޢަލީ ނަޝާޠު އައްޔަން […]

ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަޤާމަށް އައްޔަނުކުރަން ޔަޒީދުއާއި ޒަރީރުގެ ނަން މަޖީލީހަށް

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސް މަގާމު، ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަގާމަށް އެ މަގާމުން 2019 ވަނަ އަހަރު ވަކިވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުން ހަމަ އެ އަހަރު ވަކިވި ހަސަން ޒަރީރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.  ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައި ވަނީ  މީގެ ކުރިން އެ މަޤާމުގައި […]

އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިޔަ ބަޔަކު ހޯދަނީ

އެކްސިޑެންޓުވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.  މިކަން ހާމަކޮށް ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ ފަރާތްތަކަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ބައެއް ކަމަށެވެ.  އެގޮތުން އެއީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ ބައެއް ކަމަށް ފުލުހުން ބުނެފައި […]

ޕީސީބީން 12 މައްސަލައެއް ފާހަގަކޮށް މިފްކޯގެ ސީއީއޯއަށް އިންޒާރު ދީފި!

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު އެ ކުންފުންޏާއި ހަވާލުވިފަހުން ތުހުމަތުކުރެވޭ ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިންޒާރު ދީފިއެވެ.  ޕީސީބީން ޝަމާހު އަށް އެޑްރެސްކޮށް ފޮނުވި ސިޓީ މީސް މީޑިއާގައި ދައުރުވަމުން އަންނަ އިރު މިފްކޯއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އެ ސިޓީގައި ޕީސީބީން ބުނެފައި ވެއެވެ.  އެގޮތުން ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން […]

ދައުލަތުގެ ޚަރަދުގައި ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުގައި 1000 މީހުން ހައްޖަށް ފޮނުވުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ޚަރަދުގައި ހިލޭ ހައްޖަށް ފޮނުވާ 50 މީހުންގެ ގުރުއަތު ނަގައިފިއެވެ.  މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ގުރުއަތު ނަގާފައިވަނީ މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓަށް ބަލައިގެންނެވެ.  އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖަށް ފޮނުވާ މީހުންގެ ގުރު ނެގުމަށް ލިސްޓުގައި ތިބި 667 […]

މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައިފި

މާދަމާ، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މިހިނގާ މާރިޗު މަހުގެ 11 ވާ ހޯމަ ދުވަހަކީ، ހިޖުރީ ސަނަތުން 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 01 ވަނަ ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ  ވުޒާރާއިން ކަނޑައަޅައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާގައި މާދަމާއަކީ ރަމަޟާންމަހުގެ  ފުރަތަމަ  ދުވަސްކަމުގައި  ކަނޑައެޅީ، ހިޖްރީ ސަނަތުން 1445 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29، (މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާރިޗު މަހުގެ […]