ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަޤާމަށް އައްޔަނުކުރަން ޔަޒީދުއާއި ޒަރީރުގެ ނަން މަޖީލީހަށް

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސް މަގާމު، ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަގާމަށް އެ މަގާމުން 2019 ވަނަ އަހަރު ވަކިވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުން ހަމަ އެ އަހަރު ވަކިވި ހަސަން ޒަރީރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. 

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައި ވަނީ  މީގެ ކުރިން އެ މަޤާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. 

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ރައީސް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. 

ޔަޒީދު މުހައްމަދު ވަނީ 2010 އިން 2019 އަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވާފަ އެވެ. 

އަދި ހަސަން ޒަރީރު ވަނީ 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވާފައެވެ. 

Loading

One Response

  1. ވަރަށް އޯކޭވާނެއެވެ. މާބޮޑު ކަމެއްނޫނެވެ. ގުރޭޑް 8 އަކަށް ކިޔަވާދޭ ޓީޗަރުވެސް އެހުރީ ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް ހައްދަވާފައެވެ. ވީމޭ ދިވޭހީންގެ ރާއްޖޭގައި ކޮންމެ މީހަކަށްވެސް ކޮންމެ ކަމެއްވެސް ކުރެވޭނެއެވެ. އެކަން ވެރިމީހާއަށް ރަނގަޅަށް އޯކޭ އެވެ. ދެން އޯކޭނު؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް