ކުނި އަޅާކަމަށް ފާހަގަ ކުރެވޭ 10 ތަނެއް  ހާމަކޮށްފި

މާލޭ ސިޓީގައި މީހުން އާންމުކޮށް ކުނި އަޅާ 10 ތަނެއް ހާމަކޮށްފިއެވެ.  މިކަން ހާމަކޮށްފައި ވަނީ މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.  އެގޮތުން އާޒިމް ވިދާޅުވީ އާއްމުކޮށް ކުނި އަޅާކަމަށް 10 ތަނެއް ފާހަގަވެފައިވާ ކަމަށެވެ. އެ 10 ސަރަހައްދަކީ:  އަލަމާ ގޯޅި ކެނެރީ ގޯޅި ހަދީބީ މަގު އޯޑިއޯން ގޯޅި މާވެޔޮމަގު ފަތަހަ ކަންމަތި ހެންވޭރު ސަހާރާ ކަންމަތި، ކާސިންޖީ މަގު ބަރުޖޯރާ ގޯޅި ކަންމަތި މ.ޕިއްޒާ ބޯނާ […]

ރޯޝަނީ މަގުގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މާލޭ ރޯޝަނީ މަގުގައި މިރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.  މިކަން ހާމަކޮށް ފުލުހުން ބުނީ، ރޯޝަނީ މަގުގައި ހުންނަ ފުޑް ޓޭކްއަވޭ އައުޓްލެޓަކަށް ގެއްލުންދޭން މީހަކު އުޅޭކަމުގެ މަޢުލޫމާތު މިރޭ 19:00 ހާއިރު ލިބިފައިވާ ކަމަށެވެ.  އަދި މި ރިޕޯޓާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާ އަދި އިތުރު ބަޔަކު އެ ސަރަހައްދުގައި މާރާމާރީ ހިންގުމަށްފަހު ފިލާފައިވާ ކަމަށެވެ.  މީގެ އިތުރުން މި މާރާމާރީއާ ގުޅިގެން […]

މެލޭޝިއަން އެއާލައިންސްއިން އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށަނީ

 މެލޭޝިއަން އެއާލައިންސްއިން އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.   އެ އެއާލައިނުން މިހާރު ވަނީ ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައި ޓިކެޓް ގަތުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފައެވެ. މެލޭޝިއަން އެއާލައިނުން ބުނީ އެ ޤައުމުގެ ވެރިރަށް ކުއަލަލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް ފަށާނީ އަންނަ އޮގަސްޓުގެ ފުރަތަމަ ދުވަހު ކަމަށެވެ. ރާއްޖެއާއި މެލޭޝިއާ އާ ދެމެދު ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1,276 ރ. އެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 2,820 […]

ވިލިމާލޭގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް އެބަ ކުރިއަށްދޭ: ރައީސް

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމްގައި ވިލިމާލޭ ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތް ރަނގަޅު ކޮށްދެއްވުމާ ގުޅޭ ގޮތުން މާލެ ސިޓީ ވ. ފަޒީލާ މަންޒިލް، އަހްމަދު ޝިފާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ރައީސް މިއަދު ވިދާޅުވީ ވިލިމާލެއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ […]

ރާއްޖޭގައި އީދު ނަމާދުކުރާ ވަގުތު އަވަސްކޮށްފި

ދިވެހިރާއްޖޭގައި އީދު ނަމާދުކުރަމުން އަންނަ ވަގުތު އަވަސްކޮށްފިއެވެ.  މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައި ވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމަށެވެ.   އަދި އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާ ކަމަށާއި ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ […]

ފުލުހުންގެ މުސާރަ ބޮޑުކޮށްފި 

މި މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި މިއީ 2009 ވަނަ އަހަރަށްފަހު ފުލުހުންގެ އަސާސީ މުސާރައާއެކު މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރު ކަމަށާއި މުސާރައިގެ އާ އޮނިގަނޑާއެކު ކުރިން ދެމުން އައި އެލަވަންސްތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.  […]

މޫސަގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް އޭސީސީން ބީއޭއެމްގެ އޮފީހަށް ވަދެއްޖެ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމްގެ) މި އަހަރުގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވާ އަދި މިދިޔަ ތިން އަހަރު ދުވަހު އެ އެސޯސިއޭޝަނުގެ ރައީސް ކަން ކޮށްފައިވާ މޫސާ ނާޝިދުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އެސޯސިއޭޝަނަށް ވަދެއްޖެއެވެ.  އޭސީސީން ދެންމެ ބުނީ އިދާރީގޮތުން ޤާނޫނާއި ޚިލާފު އެތައް ކަންތައްތަކެއް ހިނގާފައިވާ ކަމަށްބުނެ މޫސައަށް ތުހުމަތުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި […]

ޖަމުއިއްޔާއެއްގެ އެކައުންޓުން ވަގަށް ނެގި 5 ލައްކަ ރުފިޔާ 40 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވޭ: ފުލުހުން

 މަކަރާއި ހީލަތުން ޖަމުޢިއްޔާއެއްގެ އެކައުންޓުން 5 ލައްކައަށްވުރެ ގިނަ ރުފިޔާ ނަގައި, އެ ފައިސާ 40 ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު މިއަދު ވިދާޅުވެއްޖެއެވެ. ލޫތު މިހެން ވިދާޅުވީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ޖަމުޢިއްޔާއެއްގެ އެކައުންޓުން 5 ލައްކައަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާ މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި […]

އީސީގެ އައު ވެބްސައިޓް އިފްތިތާހުކޮށްފި

ބަދަލުތަކަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އާ ވެބްސައިޓް އިފްތިތާހުކޮށްފިއެވެ. އީސީއިން ބުނީ އައު ވެބްސައިޓް ފަރުމާކޮށްފައި ވަނީ މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެ ގޮތަށް ކަމަށެވެ. އެގޮތުން އީސީގެ އެންމެ ފަހުގެ މަސައްކަތްތަކާއި ޚަބަރާއި، މައުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި އައު ވެބްސައިޓު މެދުވެރިކޮށް އީސީއަށް ހިޔާލު ހުށަހެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އީސީގެ އައު ވެބްސައިޓުން 2008 ވަނަ އަހަރުގެ ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބަކާއި މަޖިލިސް އިންތިޚާބުތަކުގެ އިތުރުން […]

އެމް.އެން.ޑީ.އެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވާ، ސިފައިންގެ ޚިދުމަތަށް ޔޫ.އޭ.ވީ ތަޢާރަފުކޮށްދެއްވައިފި

އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢު ކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަ ކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފު ކޮށްދެއްވައިފިއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ […]