ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން: ރައީސް

ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި މަޖިލިސް އިންތިޚާބުގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި އަމިއްލައަށް އުފެއްދޭ ފަދަ ކާބޯތަކެތި ރާއްޖޭން ބޭރުން އިމްޕޯޓް ކުރުމަށް މިހާރު ކުރަމުން އަންނަ ބޮޑު ހޭދަހުއްޓާލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް […]
17 ރަށަކަށް ބޭނުންވާ ލެބޯރެޓަރީ ސާމާނުތައް ހޯދުމަށް ޗައިނާ ސަރުކާރާއިއެކު އެއްބަސްވެއްޖެ

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ ”ލެޓަރ އޮފް އެކްސްޗޭންޖު“ ގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. ހެލްތު މިނިސްޓްރީން ބުނީ ޖުމުލަ 72 ރަށަކަށް […]
ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި ޒުވާނާ ފެނިއްޖެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނީ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) ރޭގެ ވަގުތެއްގައި ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. އަކްރަމް ޢަދީލް ސަޢީދު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފޮޓޯ އާންމުކޮށް ފުލުހުން ބުނެފައި ވަނީ ވެސް ރޭގެ ވަގުތެއްގައެވެ. އަދި ފުލުހަށް އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މާރިޗް 25 ވަނަ ދުވަހު 19:22 […]
އާރްޑީސީގެ ޚިޔާނާތުގެ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުވާން އަންގައިފި

މިދިޔަ ސަރުކާރުގައި އާރްޑީސީގެ މެނޭޖްމަންޓުން ޚިޔާނާތް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އެމްޑީޕީގެ ޗެއާ ޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛު ފައްޔާޒް އިސްމާއީލްއަށް އަންގައިފިއެވެ. އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ފައްޔާޒުއަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު ތިނެއް ޖަހާއިރުއެވެ. ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު އެކްސްގައި ހިއްސާކުރައްވައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށެވެ. އަދި އާރްޑީސީގެ ކުރީގެ […]
ޗައިނާއިން ހަދިޔާ ކުރި 1،500 ޓަނުގެ ބޯފެނުގެ ޝިޕްމަންޓް ރާއްޖެ ގެނެސްފި

ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންއިން ރާއްޖެއަށް ހަދިޔާ ކުރި1,500 ޓަނުގެ ބޯފެނުގެ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ. ސަރުކާރުން ބުނީ ޝީޒަން އޮޓޮނޮމަސް ރީޖަންއިން ހިލޭ ހަދިޔާ ކުރާ ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ހަމަ އެހެންމެ މި ފެން ބޭނުން ކުރަން ނިންމާފައި ވަނީ ރާއްޖޭގެ ރަށްތަކަށް ފެނުގެ ދަތިތަކަން ދިމާވާ ހާލަތުގައި އެ ރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށް ދިވެހި ސަރުކާރުން ހާމަކުރެއެވެ. މިއީ ޝީޒަން އޮޓޮނޮމަސް ރީޖަންގައި ހުންނަ ގަނޑުފެނުން އުފެއްދިފައިވާ […]
ހިޔާ ފްލެޓުގެ މެއިލް ބޮކްސްތަކަށް ނަޞާރާދީނުގެ ލިޔުން އެޅި ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހިޔާ ފްލެޓުގެ މެއިލް ބޮކްސްތަކަށް ނަޞާރާދީނުގެ ލިޔުންތަކެއް އެޅި މައްސަލައިގައި ބިދޭސީ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ދެންމެ ބުނީ ހިޔާ ފްލެޓުތަކުގެ މެއިލް ބޮކްސްތަކަށް ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ުފުލުހުން ބުނީ އެ ދެ މީހުންނަކީ ޖަރުމަން ވިލާތަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ ދެ މީހުން ރާއްޖެ […]
މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުންގެ ވެބްސައިޓުގައި ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އޭނާ އަކީ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ އެނާ ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެން ކަމުން ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް […]
ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅެމުން އަންނަ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުން މިރޭ ބުނީ ގެއްލިގެން ހޯދަމުން އަންނަނީ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) ކަމަށެވެ. އަދި އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފައި ވެއެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ […]
ގޯތިގެދޮރު ހެދުމަށް ލުއި ލޯން ސްކީމް ހުޅުވާލަނީ

ގޯތިގެދޮރު ހެދުމަށް ދޫކުރާ ޚާއްސަ ލުއިލޯނުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޟަމީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ޗާންދަނީ މަގުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުގެ ތެރެއިން ކަމާބެހޭ މިނިސްޓްރީން އަމިއްލަ ގޯތީގައި ގެދޮރު ހެދުމަށްޓަކައި އަތްފޯރާފަށުގެ ލޯން ސްކީމު ދާދި އަވަހަށް […]
ސްޓެލްކޯގެ ޓުރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓު ޖެހުނު މީހާ މަރުވެއްޖެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޓުރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓްގައި ޖެހުނު މީހާ މަރުވެއްޖެއެވެ. އެ ކުންފުނީގެ ޓްރާސްފޯމަރަކަން ވައްކަން ކުރަން އުޅެނިކޮށް ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ ފަތިހު 5:15 އެހާއިރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ. އެގޮތުން މިކަމަށް އިޝާރާތްކޮށް ސްޓެލްކޯ އިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައިޖެހި މަރުވެފައިވާ ކަމަށެވެ. އަދި […]