ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅެމުން އަންނަ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިރޭ ބުނީ ގެއްލިގެން ހޯދަމުން އަންނަނީ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) ކަމަށެވެ.
އަދި އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފައި ވެއެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އަކްރަމް ޢަދީލް ސަޢީދު އެންމެ ފަހުން ފެނިފައި ވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށެވެ.
މީގެ އިތުރުން އަކްރަމް ޢަދީލް ސަޢީދު ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.
![]()
