ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން: ރައީސް

Loading

Facebook
Twitter
WhatsApp

ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި މަޖިލިސް އިންތިޚާބުގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރާއްޖޭގައި އަމިއްލައަށް އުފެއްދޭ ފަދަ ކާބޯތަކެތި ރާއްޖޭން ބޭރުން އިމްޕޯޓް ކުރުމަށް މިހާރު ކުރަމުން އަންނަ ބޮޑު ހޭދަހުއްޓާލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އެގޮތުން އުތުރު ތިލަފަޅުގައި ފަށަން ހަމަޖެހިފައިވާ ފުޑް ސެކިއުރިޓީ މަޝްރޫއަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދަނޑުވެރިކަން ކުރާ ބައެއް ރަށްތައް ވެސް މި މަޝްރޫގައި ހިމަނުއްވާނެ ކަމަށާއި އިމްޕޯޓް ކުރުން ނިންމުމަކަށް ގެނެވުމުން އިޤްތިޞާދަށް ދިރުން އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފުޑް ސެކިއުރިޓީ ގާއިމް ކުރުމަށް ފަހު ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ މިންވަރަށް ވެސް ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ދަނޑުވެރިކަން ކުރާނެ ޒޯނެއް އުތުރު ތިލަފަޅުގައި ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފައެވެ. 

Loading

2 Responses

  1. Raes ge visnun fulhu huree gaumee minivan maahaulakah. Ehenass faisaa ge alhun thibee avatterin ganefa. Fiyavalhakah fahu fiyavalheh baarah kuriyah. InshaAllaah.

Leave a Reply

ފަހުގެ އަޕްޑޭޓް